ރައީސް ޞާލިޙަކީ ރައްޔިތުންގެ ރައީސެއް ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ސަޢުދު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރައީސް ޞާލިޙް ފަށާފައިވާއިރު ސަޢުދު މިއަދު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަކީ ހުރިހާ ރައްޔިތުންގެވެސް ޗޮއިސް ކަމަށެވެ.

އެގޮތުން ތުރާކުނުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ކޮންމެ ރަށަކަށް އެރިޔަސް ރައްޔިތުންގެ ޝުޢޫރުހުރީ އެގޮތަށް ކަމަށް ސަޢުދު ވިދާޅުވިއެވެ. ރައްޔިތުންގެ ވިސްނުން އެގޮތަށް ހުރީ ރަށްރަށަށް ރައީސް ޞާލިޙް ގެނެސްދެއްވާ ތަރައްޤީގެ ސަބަބުން ކަމަށް ސަޢުދު ވިދާޅުވިއެވެ.

“ދިމާވާ ކޮންމެ މީހަކު އެބަ ބުނޭ މިރަށަށް ކަމެއް ކޮށްދިން ރައީސް އަކީ ރައީސް ޞާލިޙް ކަމައް; މީ ދިވެހި ރައްޔިތުންގެ ރައީސް އެއްކަމަށް.” ސައުދު ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ ރައްޔިތުންތިބީ ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ދިނުމަށް ނިންމައިގެން ކަމަށެވެ.



ސަޢުދު އިއްޔެ ވިދާޅުވެފައިވަނީ ރައީސް ސާލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރަށްވާނީ 80 އިންސައްތައާއެކު އެއްބުރުންކަމަށެވެ.

އޭގެ އިތުރުން މުޅި ރާއްޖޭގެ އަގުލަބިއްޔަތާއެކު ރައީސް ޞާލިހު އިންތިހާބު ކާމިޔާބުކުރަށްވައި ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިހާބުވެވަޑައިގަންނަވާނެ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު