އެމްޑީޕީއަށް އަޣުލަބިއްޔަތު ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އެކުލަވާލަން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އެގޮތަށް ފާސްކޮށްފައިވަނީ 35 މެންބަރުން ވޯޓް ދެއްވައިގެންނެވެ. ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓް ފާސްކުރުމާއި ދެކޮޅަށް 14 މެންބަަރުން ވޯޓް ދެއްވިއެވެ.
މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ވަނީ ރިޕޯޓަށް 10 އިސްލާހެއް ހުށައަޅާފައެވެ. ނަމަވެސް އެއްވެސް އިސްލާޙެއް ފާސްވެފައެއް ނުވެއެވެ. އެ އިސްލާޙުތައް ފާސް ކުރުމަށް 13 މެންބަރުން ވޯޓު ދެއްވިއިރު 34 މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް މިއަދު ފާސްކޮށްފައިވާއިރު ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީ އާއި ޖުޑީޝަރީ ކޮމެޓީ އާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީގެ އަޣުލަބިއްޔަތުވެސް ލިބިފައިވަނީ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީއަށެވެ.
ކޮމިޓީތަކުގައި މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތްކަމުގައި މަޖިލީހުން ފާސްކޮށްފައިވަނީ އެމްޑީޕީއަށް 62 އިންސައްތަ، ޕީޕީއެމްއަށް 6 އިންސައްތަ، ޕީއެންސީއަށް 3 އިންސައްތަ، އެމްއެންޕީއަށް 3 އިންސައްތަ، ޖުމްހޫރީ ޕާޓީއަށް 2 އިންސައްތަ، އެމްޑީއޭއަށް 2 އިންސައްތަ އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނަށް 21 އިންސައްތައެވެ.
އެއާއެކު މަޖިލީހުގެ ހުރިހާ ކޮމިޓީއެއްގެ ޖުމުލަ ސްލޮޓްތަކުގެ ތެރެއިން 113 ސްލޮޓް އެމްޑީޕީއަށް، ޕީޕީއެމްއަށް 11 ސްލޮޓް، ޕީއެންސީއަށް 7 ސްލޮޓް، އެމްއެންޕީއަށް 7 ސްލޮޓް، ޖޭޕީއަށް 5 ސްލޮޓް، އެމްޑީއޭއަށް 5 ސްލޮޓް އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނަށް 35 ސްލޮޓް ލިބޭނެއެވެ.
އެއާއެކު މަޖިލީހުގެ ރިޔާސަތުގައި މިއަދު އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މިރޭ 9:00 ގެ ކުރިން ކޮމިޓީތަކުގައި ތިއްބަވާނެ މެމްބަރުންގެ ނަންތައް އެންގެވުމަށް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުންގެ ކިބައިން އެދިފަ އެވެ.
ރައްޔިތުންގެ މަޖިލިހުގައި ޕާޓީތަކަށް މެންބަރުން ނިސްބަތްވާ ގޮތަށް ބަލާލާއިރު، އެމްޑީޕީގައި 54 މެންބަރުން، ޕީޕީއެމްގައި 5 މެންބަރުން، ޕީއެންސީގައި 3 މެންބަރުން، އެމްއެންޕީގައި 3 މެންބަރުން، ޖުމްހޫރީ ޕާޓީގައި 2 މެންބަރުން، އެމްޑީއޭގައި 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 18 މެންބަރުން އެބަތިއްބެވިއެވެ.
ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންނަށް ކޮމިޓީތަކުން ސްލޮޓް ކަނޑައަޅުއްވަނީ މަޖިލީހުގެ ރައީސްއެވެ.
މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ގޮތަށް ބޮޑު ބަދަލެއްއައީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން 13 މެމްބަރަކު ވަކިވެވަޑައިގެންނެވުމާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގެންނެވުުމުންނެވެ.
ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ މިމަހުގެ ތިންވަނަ ދުވަހު އެވެ. އެޖަލްސާގައިވެސް ދާއިމީ ކޮމިޓީތަކުގައި މެންބަރުން ތަމްސީލު ކުރާނެ ގޮތެއް ނިންމުމަށް އެޖެންޑާކުރި ނަމަވެސް ޖަލްސާ ނިންމާލަން ޖެހުނީ އެއްވެސް މަސައްކަތްތެއް ނުކުރެވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދި ހިސާބުންނެވެ.

ކިޔުންތެރިންގެ ހިޔާލު