މިވެރިކަމުގައި ހަދާފައިވާ ގޯސްތަކުގެ ޒިންމާ މަޖިލީހުގެ ރައީސްވެސް ނަންގަވަންޖެހޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސައިރިކްސް ޝަރީފް މިމޭރުމުން ވިދާޅުވީ އެމްޑީޕީން މިހާރު ވަކިވެފައިވާ މަޖިލީހުގެ މެންބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެގޮތުން ޝަރީފް މިއަދު ވިދާޅުވީ ރައީސް ޞާލިހުގެ ވެރިކަމުގައި ހިނގާދިޔަ ނުރަނގަޅު ކަންކަމުން އެމްޑީޕީން މިހާރު ވަކިވެފައިވާ މެންބަރުންނަށް ރެކެވޭނެ ގޮތެއް ނެތް ކަމަށެވެ.
ޝަރީފް ވިދާޅުވީ މިވެރިކަމުގައި ހިނގައިދިޔަ ނުރަނގަޅު ހުރިހައި ކަމެއްގެ ޒިންމާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ނައިބު ރައީސް އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނަގަން ޖެހޭނެ ކަމަށެވެ. އޭގެ އިތުރުން ރައްޔިތުން އެމްޑީޕީއަށް ދެވަނަ ދައުރެއް ނުދޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
“ކޮންމެ ގޭމެއް ބަޔަކު ޖެއްސިޔަސް ރައްޔިތުން މިފަހަރު އެމްޑީޕީއަކަށް ދެވަނަ ފުރުސަތެއް ނުދޭނެ.” ޝަރީފް ވިދާޅުވިއެވެ.
ޝަރީފް މިމޭރުމުން ވިދާޅުވެފައިވާއިރު "ދަ ޑިމޮކްރެޓްސް" ހަރުގޭގައި ރޭބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީން މިހާރު ވަކިވެފައިވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މި ފަސް އަހަރުގައި ކުރި އުމްރާނީ ބިޔަ އެއްވެސް މަސައްކަތެއް ފެންނާން ނެތް ކަމަށެވެ.
"ކީންހޭ ކުރީ މިފަސް އަހަރު ތެރޭގަ. އެއީ މިކުރާ ސުވާލަކީ. ރާއްޖޭގެ ރައްޔިތުން މިކުރާ ސުވާލަކީ އެއީ. ސަމާސާއެއް ނޫން. ފަސް އަހަރުގެ ދައުރެއް ބޮޑު ވައުދުތަކެއް ރައްޔިތުންނަށް ވެގެން ގެނެސް، ނުވިތާކަށް ރައްޔިތުންގެ މަޖިލީހުގެ މުޅި އަޣްލަބިއްޔަތު ދިނީމާ ކީންހޭ ކުރީ؟ މީ ސީރިއަސް ސުވާލެއް. ވެރިކަމަށް ވަޑައިގެން ދައުރު ނިންމާއިރު ޒިންމާ ނަންގަވަން ޖެހޭނެ" އިންތި ވިދާޅުވިއެވެ.
އިންތިވަނީ އެމްއެމްޕީއާރްސީ މައްސަލަ ބަލަން އައި ސަރުކާރުގެ ފަސް އަހަރު ނިމުނު އިރު އެމައްސަލަ ބެލިފައި ނުވާތީ އެކަމާ ގުޅިގެން ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު