ރައީސް ޞާލިޙް ވެރިކަން ކުރަށްވަނީ ވަރަށްގިނަ ބައެއްގެ ހެޔޮ ދުޢާ ލިބިގެން ކަމަށް ދާޚިލީ ވަޒީރު އިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

ޝައިޚް އިމްރާން މިއަދު ވިދާޅުވީ ރައީސް ޞާލިޙް އަމާންކަމާއެކު މިދައުރު ފުރިހަމަ ކުރައްވައި ދެވަނަ ދައުރަކަށް އިންތިހާބު ވުމުގައި ވަރަށް ގިނަ ބައެއްގެ ހެޔޮދުޢާ ޝާމިލްވާ ކަމަށެވެ. އެގޮތުން އެއީ ވަރަށް ގިނަ ހެޔޮލަފާ އަޅުންގެ އިހުލާސްތެރި ހެޔޮ ދުއާތަކުގެ ބަރަކާތާއެކު ވެފައިވާ ކަމެއްކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައީސް ޞާލިޙްގެ ދައުރު އަމާންކަމާއެކު ކުރިއަށްދާތީ އެކަމާ ރުޅިއައިސް މަލާމާތް ކުރިޔަސް އެންމެ ރަނގަޅު ކަމަށެވެ.



“ރުޅި އަންނަ މީހަކު ރުޅިއަޔަސް، މަލާމާތް ކުރާ މީހަކު މަލާމާތް ކުރިޔަސް ވެރިކަމުގައި ހުންނެވީ ރައީސް ޞާލިޙް.” އިމްރާން ވިދާޅުވެފައިވެއެވެ.



އިމްރާން މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސްގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް މިހާރު ވަނީ ފަށާފަ އެވެ. އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އިއްތިހާދާއެކު ރައީސް ކެމްޕެއިން ކުރައްވަނީ "އުފާވެރި އަމާން ރާއްޖެ" ޝިއާރުގެ ދަށުންނެވެ.

ރައީސްގެ ކެމްޕޭން ޓީމުން ބުނެފައިވަނީ މި އިންތިކާބު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރަށްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު