މ.‏ކޮޅުފުށްޓަށް ދުވަހަކުވެސް ނާންނަހާ ތަރައްޤީ މިހާރު މިދަނީ އަންނަމުންކަމަށާ، އަންނަ ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް ޞާލިޙު ކާމިޔާބުކުރެއްވުމުގައި މިރަށުގެ ފުރިހަމަ ދައުރު ފެނިގެންދާނެކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ކޮޅުފުށީގައި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން ޔޫތު މިނިސްޓްރީގެ ދާއިރާގެތެރޭގައި ހިނގަމުންދާ ބައެއް ކަންކަމަށް އިޝާރާތްކުރައްވައި މަޙްލޫފް ވިދާޅުވީ މިއީ މިއިން ޒަމާނަކު އެރަށުގެ ތަރައްޤީއަށް ނުކުރެވޭހާ ގިނަ މަސައްކަތްތައް ކަމަށެވެ.



އެގޮތުން ޔޫތު މިނިސްޓްރީން ވަނީ އެރަށުގެ ފުޓްސަލް ދަނޑާއި ކުޑަކުދިންގެ ޕާކު ކައުންސިލާއެކު ނިންމާފައިކަމަށާ، ބޮޑު ފުޓުބޯޅަ ދަނޑު ވަރަށް އަވަހަށް އިއުލާން ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރަށުގެ ކައުންސިލް ވޮލީ ކޯޓު ނިމިފައިކަމަށާ، ސްކޫލް މަލްޓިޕާރޕޯސް ހޯލް ނިމިފައި ވުމުގެ އިތުރުން ގިރާސަރަހައްދު ހިމާޔަތްކުރުމާއި ސާފު ބޯފެނުގެ ނިޒާމްޤާއިމުކުރުން ނިމިފައިވާއިރު، 100 ހައުސިންގ ޔުނިޓުގެ މަސައްކަތައި ހެލްތު ސެންޓަރުގެ އެކްސްޓެންޝަން މަސައްކަތުގެ މަސައްކަތް ދަނީ ކުރިއަށްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި މިހާރު ހިނގަމުންދާ މަސައްކަތްތަކުގެތެރެއިން ފާމަސީގެ މަސައްކަތް ނިމެމުންދާއިރު ވޭސްޓް މެނޭޒްމަން ފެސިޓީގެ މަސައްކަތާއި ފެނަކަ އޮފީސް ނިމެމުންދާކަމަށް މިނިސްޓަރ ފާހަގކުރެއްވިއެވެ.

މިކަންކަމާއެކު ފާހަގަކުރެއްވުނު ކަމަކީ 2018ގެ ރިޔާސީ އިންތިޚާބުގައި ހަނި ތަފާތަކުން ރައީސް ޞާލިޙަށް މިރަށުގެ މެޖޯރިޓީ ވޯޓު ގެއްލިފައިވިޔަސް 2023ގައި ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެކަންކަމުގައި މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން