ފިތުނަ އުފެދޭގޮތަށް ޚަބަރު ނުފެތުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސް ކުރަށްވައިފިއެވެ.
ޑރ. ޝަހީމް މިމޭރުމުން އިލްތިމާސް ކުރެއްވީ ޕީޕީއެމްގެ ސެނެޓް ވަޓްސްއެފް ގްރޫޕްގައި މެމްބަރަކު ކުރެއްވި ސުވާލަށް ޑރ. ޝަހީމް ދެއްވާފައިވާ ޖަވާބެއް މީޑިއާގައި ރިޕޯޓުކުރި ގޮތާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުގެ ސަބަބުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ރަނިންމޭޓަކަށް ޑރ. ޝަހީމް ވަޑައިގަންނަވަނީތޯ އާއި ޑރ. ޝަހީމް ހިންގަވާ ސްކޫލެއް އަޅަން ހުޅުމާލެއިން ބިމެއް ދެނީތޯ ސެނެޓް މެންބަރުން ކުރެއްވުމުން ޝަހީމް ވިދާޅުވެފައިވަނީ ސިޔާސީ ހަޔާތުގައި ވޭތުވެދިޔަ 20 އަހަރުގެ ތެރެއިން ދިހަ އަހަރު ޕީޕީއެމަށް ކުރި ހިދުމަތަށް ދެއްވި އިނާމަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޑރ. ޝަހީމްގެ އެވާހަކަފުޅު މީޑިއާގައި ރިޕޯޓް ކުރުމުން އެކަން ހިނގާދިޔަގޮތް ސާފުކޮށްދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ އެވާހަކައަކީ މުޅި ޕީޕީއެމަށް ނިސްބަތްކޮށް ވިދާޅުވި ބަސްފުޅެއް ނޫން ކަމަށެވެ. އަދި އެއީ އެ ސުވާލު ކުރެއްވި މެންބަރަށް ދެއްވި ޖަވާބެއް ކަމަށާއި އޭގެ މާނަ އޮޅޭގޮތަށް ޚަބަރު ނުފެތުރުއްވުމަށް އެދިލައްވާ ކަމަށެވެ.
“ޙަޤީޤަތާ ޚިލާފު މަފްޙޫމުތައް ދޭހަވާގޮތަށް ޚަބަރުތައް ނުފެތުރުއްވުން އެދެން. އޭގެ ސަބަބުން ވަރަށްގިނަ ފިތުނަ އުފެދިދާނެ. ތިވާހަކައަކީ ޕީޕީއެމަށް އަޅުގަނޑު މުޚާތަބުކުރި ވާހަކައެއް ނޫން.” ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ދާދިފަހުން ޑރ. ޝަހީމް އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއްވެސް ވަނީ ދައުރުވެފައެވެ. ޑރ. ޝަހީމް ސަރުކާރާ ގުޅިވަޑައިގަންނަވަން އުޅުއްވާކަމަށް ފެތުރޭ އަޑުތަކާ ގުޅިގެން ޑރ. ޝަހީމް މިހާތަނަށްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.
ޑރ.ޝަހީމަކީ މިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެވެ. އިންތިޚާބުން ނާކާމިޔަބުވުމުން ޝަހީމް ވަޑައިގަތީ ރާއްޖެއިން ބޭރަށެވެ. އަދި އޯއައިސީގެ ވަޒީފާއެއްގައި ސަޢުދީ އަރަބިއްޔާގައި ގިނަދުވަސްތަކެއްވަންދެން ހުންނެވިއެވެ. އޭގެފަހުން ރާއްޖެ ވަޑައިގެން ކޮންމެވެސް ވަރަކަށް ސިޔާސީ ކަންކަމުގެތެރޭގައިވެސް އުޅުއްވިއެވެ. އެހެންނަމަވެސް ޕީޕީއެމްގެ މިހާރުގެ ލީޑަޝިޕާއި ޑރ.ޝަހީމާ މާ ގުޅުން ރަނގަޅުތަނެއް ނުފެނެއެވެ.
ޑރ.ޝަހީމް ސަރުކާރާ ގުޅެން އުޅުއްވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާގެ ބަހެއް ނުލިބުނު ނަމަވެސް ޝަހީމުގެ ވަރަށް ބޮޑު ހިއްސާއަކާއެކު އުފެދި ހަރަކާތްތެރި ވަމުން އަންނަ އަދާލަތު ޕާޓީއާއި ޑރ. ޝަހީމު ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވަރަށް މުޢުތަބަރު މައުލޫމާތެއް މިނޫހަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު