އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕުން ޖުމްހޫރީޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާ ބައްދަލު ކުރަށްވައިފިއެވެ.
ޕީޕީއެމްގެ ލީޑަރޝިޕުން ޤާސިމް އިބްރާހީމާއި ބައްދަލު ކޮށްފައިވާއިރު މީގެ ކުރިން ޕީޕީއެމުން ވަނީ ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސް އާއެކުވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ. ހަމައެއާއެކު ޖޭޕީއާއި ޑިމޮކްރެޓްސްގެ މަޝްވަރާތަކެއް މީގެކުރިން ކުރިއަށް ގެންގޮސްފައިވެއެވެ.
މިއަދުގެ ބައްދަލުވުމާ ގުޅޭގޮތުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ މި ބައްދަލުވުމަކީ ރައީސް ޔާމީންގެ އިރުޝާދުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ހަމައެއާއެކު މިއީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ބޭއްވުނު މުހިއްމު ބައްދަލުވުމެއްކަމަށް އަދުރޭ ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
ޕީޕީއެމުން ޖޭޕީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު ދާދިފަހުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު، އިތުރު ކެންޑިޑޭޓެއް ނެރެގެން ކާމިޔާބު ހޯއްދަވަންޖެހޭކަމަށް ވިދާޅުވެފައެވެ.

ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ޕީޕީއެމް ގެ ރައީސް @prz_ymn ގެ ލަފާފުޅާ އިރުޝާދުގެ މަތިން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ވަނީ، ޖުމްހޫރީ ޕާޓީގެ @JPSecretariat ގެ ލީޑަރ އޮނަރަބަލް @qasimibrahim އާއި އެކު މިއަދު މުހިންމު ބައްދަލުވުމެއް ބޭއްވިފައި. pic.twitter.com/eofY5G7YUB
— Abdul Raheem Abdulla (@Banafsaa) July 11, 2023
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
ޕީޕީއެމުން ޖޭޕީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު ދާދިފަހުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު، އިތުރު ކެންޑިޑޭޓެއް ނެރެގެން ކާމިޔާބު ހޯއްދަވަންޖެހޭކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު