މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ރަސްމީ އޮފީސް ގ. ނިއުޝާއަށް ބަދަލުކޮށްފި އެވެ.
އެމްޑީޕީގެ އޮފީސް ބަދަލުކޮށްފައިވާކަން ހާމަކޮށްފައިވަނީ އެ ޕާޓީން މިއަދު ކުރި ޓްވީޓެއްގައެވެ. އެމްޑީޕީން ބުނީ އެޕާޓީގެ ރަސްމީ މަސައްކަތްތައް މީގެފަހުން ކުރިއަށްދާނީ ލިލީމަގުގައި ހުންނަ ގ. ނިޔުޝާގެ ދެ ވަނަ ފަންގިފިލާގައި ކަމަށެވެ.
އެއީ ޕާކިސްތާނު އެމްބަސީ ކައިރީގައި ހުންނަ ޢިމާރާތެކެވެ.
ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ އޮފީސް ހިންގަމުން އައީ ސޯސަންމަގުގައި ހުންނަ ހ. ޝަރާޝާ ގައެވެ. އެމްޑީޕީން ބުނީ ޕާޓީގެ ރަސްމީ އޮފީސް ބަދަލުވި ނަމަވެސް، ކުރިން ބޭނުން ކުރަމުން އައި ޢިމާރާތްވެސް ބޭނުންކުރާނެ ކަމަށެވެ.
ދާދިފަހުން މާލޭގައި އެމްޑީޕީން ބޭނުންކުރަމުންއައި ހަރުގޭގައިވެސް ވަނީ ދަ ޑިމޮކްރެޓްސްގެ ޙަރަކާތްތައް ފަށާފައެވެ. އޭގެފަހުން އެމްޑީޕީން މާލޭގައި ބޭނުންކުރާނެ ރަސްމީ ހަރުގެއެއް އިޢުލާނު ކޮށްފައެއް ނުވެއެވެ.

މިޕާޓީގެ މައި އޮފީސް ބަދަލުވެއްޖެ! pic.twitter.com/GW3clGRyeb
— MDP Secretariat (@MDPSecretariat) July 12, 2023
ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގެ އޮފީސް ހިންގަމުން އައީ ސޯސަންމަގުގައި ހުންނަ ހ. ޝަރާޝާ ގައެވެ. އެމްޑީޕީން ބުނީ ޕާޓީގެ ރަސްމީ އޮފީސް ބަދަލުވި ނަމަވެސް، ކުރިން ބޭނުން ކުރަމުން އައި ޢިމާރާތްވެސް ބޭނުންކުރާނެ ކަމަށެވެ.
ދާދިފަހުން މާލޭގައި އެމްޑީޕީން ބޭނުންކުރަމުންއައި ހަރުގޭގައިވެސް ވަނީ ދަ ޑިމޮކްރެޓްސްގެ ޙަރަކާތްތައް ފަށާފައެވެ. އޭގެފަހުން އެމްޑީޕީން މާލޭގައި ބޭނުންކުރާނެ ރަސްމީ ހަރުގެއެއް އިޢުލާނު ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު