ނޫސްވެރިޔާ އަހްމަދު ރިޟުވާން އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިސްމާޢީލް ޢަބްދުއްރަޙީމް (އިސޫ)ގެ ފައިގައި ޓެގު އަޅުވައި ބަންދުން ދޫކޮށްލައިފިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން މަރާލުމުގެ މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން 26ގައި ހައްޔަރުކޮށް، ސެޕްޓެމްބަރު 1ގައި އިސްމާޢީލް އަބްދުއްރަޙީމް (އިސޫ)ގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދަޢުވާ ވަނީ އުފުލާފައެވެ.
ނަމަވެސް ޝަރުތު ތަކަކާއެކު ކޯޓުން މިހާރުވަނީ އޭނާ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައިވަނީ ފައިގައި ޓެގް އެޅުވުމުގެ އިތުރުން ޕާސްޕޯޓް ހިފަހައްޓައި އަދި ޒަރޫރީ ބޭނުމަކަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނުކުމެވޭ ގޮތަށް ޝަރުތުކޮށްފައެވެ.
އިސޫއަކީ މާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ އަމަލެއްގެ ތުހުމަތުގައި އަދި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައި މީގެ ކުރިން ހައްޔަރު ކުރި މީހެކެވެ. އަދި ސީރިޔާގެ ހަނގުރާމައަށް ދާން އުޅެނިކޮށް ތުރުކީ ބޯޑަރު ކައިރިން 2015 ވަނަ އަހަރު ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.
މީގެ ކުރިން މި މައްސަލަތަކުގައި ތުހުމަތުވާ އަހްމަދު އިސްމާއިލް (އަހަނދު)ގެ ފައިގައިވެސް ޓެގު އެޅުވުމަށްފަހު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ މޮނިކޮން ނިޒާމަކީ ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ހަރަކާތްތައް ހުންނަ ގޮތް، އެންކަލް ބްރެސްލެޓް ބޭނުންކޮށްގެން، ބަލައި ދެނެގަތުމުގެ ނިޒާމެކެވެ. އަދި އެއީ އެފަދަ މީހުން ތަހުގީގަށް ހައްޔަރުކުރެވޭ ވަރަށް ހެކިނެތުމުން ނުވަތަ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބައިތިއްބަން ނުފެންނަ ކަމަށް ކޯޓުން ކަނޑައަޅާ މީހުންގެ ހަރަކާތްތައް ހުންނަގޮތް ދެނެގަތުމަށް ކުރާ ކަމެކެވެ.
މޮނިކޮން އަމުރުގެ ދަށުން ޓެގު އަޅުވާފައިވާ މީހުން ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދިއުމަށާއި، ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުމާއި އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދެވޭނެއެވެ. އަދި އެ މީހުންގެ ޒާތީ ދިރިއުޅުމުގެ ކަންކަން ބަލައި، މޮނީޓާ ކުރުމުގެ ބާރު ވެސް ފުލުހުންނަށް ލިބިގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު