ފެނުމުން މަހުރޫމްވެފައިވާ މީހުން އަމިއްލައަށް ވޯޓުލެވޭނެ ގޮތަށް އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީޤު މިއަދު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިތުރު މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމަށް ބޭނުންވާ މީހުންނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ވޯޓު ލުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
"ވޯޓު ކަރުދާހާ އެކީގައި އެމީހުންނަށް ދޭނެ ޕްލާސްޓިކު ޓެމްޕްލޭޓެއް، އެ ޓޭމްޕްލޭޓުން އެނގޭނެ ކެންޑިޑޭޓުގެ ނަންބަރު، އެކަން ކުރަންވާ ގޮތް އެމީހުން ކައިރީގައި ބުނެދެވޭނެ،" ފުއާދު މިއަދު ވިދާޅުވިއެވެ.
ޤާނޫނުގައި ބުނާގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތަކާއެކު އެފަރާތްތަކަށް ވޯޓުލެވޭނެ ގަވާއިދެއް އިލެކްޝަން ކޮމިޝަނުން ހަމަޖައްސަން ޖެހޭނެއެވެ. ހަމައެއާއެކު ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާ ފަރާތެއްގެ ވޯޓުގެ ސިއްރުކަން ގެއްލޭނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ ކަމަށްވެސް ޤާނޫނުގައިވެއެވެ.
ސަރުކާރުގެ ފަރާތުން ހުށައަޅައިގެން އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނަށް މި އިސްލާޙު ގެނެސްފައިވަނީ މިދިޔަ ޖޫން މަހުގެ 19 ގައެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތަސްދީގު ކުރެއްވީ ޖޫން 22 ގައެވެ.

ކިޔުންތެރިންގެ ހިޔާލު