ބ.ތުޅާދޫ، ތ.ވިލުފުށި އަދި ށ.ބިލެތްފަހީގައި އެއަރޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވަޢުދަކީ ކޮންމެ 20 މިނެޓަކުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްޤީ ކުރެއްވުމެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ 3 ރަށުގެ އެއަރޕޯޓަށް ބޭނުންވާ ބިންހިއްކަން އެކުންފުންޏަށް ހަވާލު ކޮށްފައިވަނީ 42.4 މިލިއަން ޑޮލަރަށް ކަމަށެވެ. މި މަސައްކަތަކީ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.
މި މަޝްރޫއުގެ ދަށުން ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ 44.70 ހެކްޓަރ ބިން ހިއްކުމާއި، ވިލުފުށި އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރ ބިން ހިއްކުމާއި ބިލެތްފަހި އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރ ބިން ހިއްކަން ހަމަޖެހިފައިވެއެވެ.
މި މަޝްރޫއުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސިވަރާޖާ މަނިވައްނަންއެވެ.

ކިޔުންތެރިންގެ ހިޔާލު