މާލޭ ސިޓީކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމްވެސް ގެއްލުވާލައި ޖަލްސާ ހުއްޓުވައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޖަލްސާ ދޫކޮށް ތިން ކައުންސިލަރުން ވަނީ ވޯކައުޓް ކުރަށްވާފައެވެ. އެއީ އެމްޑީޕީގެ ދެ ކައުންސިލަރުން ކަމަށްވާ މަރިޔަމް ނާޒިމާ އާއި އައިޝަތު ނިޒްލީ ރަޝީދުގެ އިތުރުން ޑިމޮކްރެޓްސްގެ މެމްބަރު ރީހާން ނާޒިމް އެވެ.
މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުންވެސް 9 މެންބަރަކު ވޯކައުޓް ކުރެއްވުމުން ވަނީ ހުއްޓާލަން ޖެހިފައެވެ. އެދުވަހު ކައުންސިލަރުން ނިކުމެވަޑައިގެންފައިވަނީ އެޖެންޑާއާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަތުމުގެ ސަބަބުންނެވެ. އެގޮތުން އެޖެންޑާގައި ހިމެނުއްވުމަށް އެބޭފުޅުން ހުށައެޅުއްވި ބައެއް ކަންތައްތައް އެޖެންޑާ ކޮށްފައިނެތުމުން ބައެއް ކައުންސިލަރުން ވަނީ ޖަލްސާއިން ވޯކައުޓް ކުރަށްވާފައެވެ.
ނަމަވެސް އެ ދެހުށަހެޅުން މިއަދުގެ ޖަލްސާއަށް އޮތީ އެޖެންޑާ ކޮށްފައެވެ. އޭގެ އިތުރުން އެހުށައެޅުންތަކާއެކު މިއަދު އެޖެންޑާ ފާސްވެސް ކުރިއެވެ. މޭޔަރު މުއިއްޒު ވިދާޅުވީ މެންބަރުން ޖަލްސާގެ ކޯރަމް ގެއްލުވާލި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލްގައި 18 ކައުންސިލަރުން ހިމެނިވަޑައިގަންނަވައެވެ. މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުމުން ޖަލްސާ ވަނީ ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު