އެމްޑީޕީގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް އުފެއްދެވުމަށް މަސައްކަތް ކުރެއްވި ދަ ޑިމޮކްރެޓްސް އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިއަދު ރަޖިސްޓްރީކޮށްދީފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ފުރިހަމަވާން ޖެހޭ އިޖުރާއަތު ފުރިހަމަކޮށްފައިވާތީ، 'ދަ ޑިމޮކްރެޓްސް' ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް އެ ކޮމިޝަނުން ފާސްކޮށްފައިވާ ކަމަށެވެ.
އެ ނިންމުން ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކޮމިޝަންގެ 793 ވަނަ އާންމު ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ހަބީބް ވިދާޅުވި އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭގައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބާއްވާތާ 30 ދުވަހުގެ ތެރޭގައި އެ ޕާޓީއެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަގުތީ ޗެެއާޕާސަންކަމުގެ މަގާމަށް އެޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އިންތިހާބުކޮށްފަ އެވެ.
ހަމައެއާއެކު ވަގުތީ ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އާއި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފުވެސް އިންތިޚާބު ކޮށްފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ބާއްވާ ޖަލްސާގައި އެ ޕާޓީއެއްގެ ނަމާއި ކުލަތަކާއި ލޯގޯ އަދި އަސާސީ ގަވައިދު ފާސްކުރުމުގެ އިތުރުން ވަގުތީ ގޮތުން ޕާޓީ ހިންގާނެ ފަރާތްތައް އައްޔަން ކުރަން ޖެެހެ އެވެ. ޑިމޮކްރެޓުން ރޭ ބޭއްވި ޖަލްސާގައި އެ ކަންތައްތައް ވަނީ ފުރިހަމަ ކޮށްފައެވެ.
ބުދަ ދުވަހުގެ ރޭގެ ޖަލްސާ ނިންމައިލުމުގެ ކުރިން ހަސަން ލަތީފު ވިދާޅުވީ ޑިމޮކްރެޓުން އެކަންތައްތައް ރަނގަަޅަށް ފުރިހަމަކުރި ކަމުގެ ލިއުމެއް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށެވެ.

"ދަ ޑިމޮކްރެޓްސް" ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ،"ދަ ޑިމޮކްރެޓްސް" ސިޔާސީ ޕާޓީތަކުގެ…
— Ismail Habeeb (@IsmailHabeeb) July 12, 2023
ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭގައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބާއްވާ ބައްދަލުވުން ބާއްވާތާ 30 ދުވަހުގެ ތެރޭގައި އެ ޕާޓީއެއް ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވަގުތީ ޗެެއާޕާސަންކަމުގެ މަގާމަށް އެޕާޓީގެ މުއައްސިސު، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވަނީ އިންތިހާބުކޮށްފަ އެވެ.
ހަމައެއާއެކު ވަގުތީ ޗެއާޕާސަންގެ ނައިބުންގެ ގޮތުގައި ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރު އާއި އެލްޖީއޭގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފުވެސް އިންތިޚާބު ކޮށްފައިވެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ޕާޓީއެއް އުފައްދަން ބާއްވާ ޖަލްސާގައި އެ ޕާޓީއެއްގެ ނަމާއި ކުލަތަކާއި ލޯގޯ އަދި އަސާސީ ގަވައިދު ފާސްކުރުމުގެ އިތުރުން ވަގުތީ ގޮތުން ޕާޓީ ހިންގާނެ ފަރާތްތައް އައްޔަން ކުރަން ޖެެހެ އެވެ. ޑިމޮކްރެޓުން ރޭ ބޭއްވި ޖަލްސާގައި އެ ކަންތައްތައް ވަނީ ފުރިހަމަ ކޮށްފައެވެ.
ބުދަ ދުވަހުގެ ރޭގެ ޖަލްސާ ނިންމައިލުމުގެ ކުރިން ހަސަން ލަތީފު ވިދާޅުވީ ޑިމޮކްރެޓުން އެކަންތައްތައް ރަނގަަޅަށް ފުރިހަމަކުރި ކަމުގެ ލިއުމެއް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު