ޙާލަތު ބަދަލުވެއްޖެ ކަމަށާއި ލަހެއްނުވެ ބޮޑު މަންޒަރު ފެންނާނެ ކަމަށް ޖުމްހޫރި ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރ ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒްވެސް ކުރިން ޙަރަކާތްތެރިވި ޕީޕީއެމުން ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމާއެކު ސިޔާސީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާއިރު ރިޔާޒް މިއަދު ވިދާޅުވީ ކޮންމެ އުނދަގުލަކަށްފަހު ފަސޭހަކަމެއް އަންނާނެ ކަމަށާއި މިއަދަކީ އެދުވަސް ނޫން ކަމަށެވެ.
ހަމައެއާއެކު ޕީޕީއެމުން ޖޭޕީގެ ލީޑަރާއެކު ބޭއްވި ބައްދަލުވުމަށް އިޝާރާތްކުރަށްވަމުން ރިޔާޒް ވިދާޅުވީ ގާސިމް އިބުރާހިމަކީ ކޮންމެ އޮޑިއެއްގައިވެސް، އަދި ކޮންމެ ފިކުރެއްގެ ބަޔަކާއެކުގަވެސް ދަތުރުކުރުމުގެ ގާބިލުކަންހުރި ބޭފުޅެއް ކަމަށެވެ.
ޖޭޕީއާއި ޕީޕީއެމްގެ ބައްދަލުވުމާ ގުޅޭގޮތުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ އެ ބައްދަލުވުމަކީ ރައީސް ޔާމީންގެ އިރުޝާދުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ހަމައެއާއެކު އެއީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ބޭއްވުނު މުހިއްމު ބައްދަލުވުމެއްކަމަށް އަދުރޭ ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
ޕީޕީއެމުން ޖޭޕީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު ދާދިފަހުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު، އިތުރު ކެންޑިޑޭޓެއް ނެރެގެން ކާމިޔާބު ހޯއްދަވަންޖެހޭކަމަށް ވިދާޅުވެފައެވެ.

މިއަދުމީ އެދުވަހެއްނޫން…؟ ހާލަތު ބަދަލުވެއްޖެ ލަހެއްނުވެ ބޮޑު މަންޒަރު ފެންނާނެ. އުދަގުލަކަށްފަހު ފަސޭހަކަމެއްއަންނާނެ. އިންޝާالله !@Ali__Arif @ilhammaldives pic.twitter.com/bUqDLJmAmn
— Riyaz Rasheed (@riyaz_rasheed) July 13, 2023
ޖޭޕީއާއި ޕީޕީއެމްގެ ބައްދަލުވުމާ ގުޅޭގޮތުން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ އެ ބައްދަލުވުމަކީ ރައީސް ޔާމީންގެ އިރުޝާދުގެ މަތިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ހަމައެއާއެކު އެއީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ބޭއްވުނު މުހިއްމު ބައްދަލުވުމެއްކަމަށް އަދުރޭ ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
ޕީޕީއެމުން ޖޭޕީއާއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު ދާދިފަހުން ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ރައީސް ޔާމީން ފަހަތަށް ޖެހިވަޑައިގެންނެވުމަށްފަހު، އިތުރު ކެންޑިޑޭޓެއް ނެރެގެން ކާމިޔާބު ހޯއްދަވަންޖެހޭކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު