ހެރިޓޭޖު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރ ޝަމްޢޫން ޖަލީލް (ލޫކަސް) ސަރުކާރުން އިސްތިޢުފާ ދެއްވައިފިއެވެ.

ޝަމްޢޫން ސަރުކާރުން އިސްތިޢުފާ ދެއްވާފައިމިވަނީ ސަރުކާރު ޕްރޮމޯޓު ކުރާނެ ހިތްވަރު ނެތްނަމަ ސިޔާސީ މަޤާމުން އިސްތިއުފާދިނުމުގެ ހިތްވަރު ހުންނަންޖެހޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާޢީލް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ޝަމްޢޫނަކީ ކުރިން އެމްޑީޕީގެ ވަރުގަދަ ސޯޝަލްމީޑިއާ އެކްޓިވިސްޓެކެވެ. ސޯޝަލްމީޑިއާގައި އެމްޑީޕީ ޕްރޮމޯޓުކުރުމަށް ވަރުގަދައަށް މަސައްކަތްކުރި މީހެކެވެ. އެމަސައްކަތުގައި އުޅުމުގެ ސަބަބުން ރައީސް ޔާމީންގެ ސަރުކާރުން ގިނަ ދުވަސްތަކެއް ވަންދެން ޝަމްޢޫން ޖަލުގައި ގެންގުޅެފައިވެއެވެ.

ސަރުކާރުން އިސްތިޢުފާ ދެއްވައި ލޫކަސް ލިޔުއްވާފައިވާ ސިޓީ މީސް މީޑިއާގައި ޢާއްމު ކުރަށްވާފައިވާއިރު އެސިޓީގައި ބުނެފައިވަނީ ސަރުކާރުގައި މަސައްކަތްކުރުމުގެ ފުރުސަތަކީ ލިބުނު ތަޖުރިބާއެއްކަމަށެވެ. ހަމައެއާއެކު ބަހައްޓަވާ ގާތްކަމަށް ލޫކަސްވަނީ ރައީސަށް ޝުކުރު ދަންނަވާފައެވެ.



ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތްއިރު ކެމްޕޭންގައި ވަރަށް ވަރުގަދައަށް ލޫކަސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވިއެވެ. ނަމަވެސް ފަހަކަށްއައިސް އޭނާ އެއްގޮތަކަށްވެސް ސަރުކާރު ޕްރޯޓުކުރާތަނެއް ނުފެނެއެވެ.

އޭނާއަކީ އެމްޑީޕީން ދާދިފަހުން ވަކިވި އެޕާޓީގެ ރައީސް ނަޝީދަށް ތާޢީދުކުރަށްވާ ބޭފުޅެކެވެ. އަދި ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ޕްރޮމޯޓު ކުރުމުގައި ވަރަށް އިސްދައުރެއް އަދާކުރަށްވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން