ޖުމްހޫރިޕާޓީގެ ވެރިކަމެއްގައި ގެދޮރުއެޅުމަށް ލުއި އިންޓަރެސްޓްގައި ލޯނު ލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހުންނަވާ ސީޝެލްގެ އޮނަރަރީ ކޮންސުލްގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ފިރާގު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދިރިއުޅުމަށް ބިންލިބިފައިވާ ހުރިހާ ފަރާތްތަކަށް ތަފާތު ކުރުމެއްނެތި ގެދޮރު ހެދުމަށް ބޭނުންވާ ފައިސާ އެންމެ ކުޑަ އިންޓަރެސްޓް ރޭޓުގައި ހަމަޖެހިގެން ދާނެ ކަމަށެވެ.

ގެދޮރުހެދުމަށް ކުޑަ އިންޓަރެސްޓެއްގައި ލޯނުލިބޭ ފަރާތްތަކުގެ ތެރޭގައި މާލޭ ސަރަޙައްދުން ގޯތިލިބޭ ފަރާތްތައްވެސް ހިމެނޭނެ ކަމަށް ފިރާޤު ވިދާޅުވިއެވެ.

“ފަޅުތަކުން އަދި ފަރުތަކުން ގޯތި ލިބިލެއްވި ފަރާތްތައް އެއްވެސް ތަފާތެއް ނުކުރާނެ.” އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ފިރާގު ވިދާޅުވިއެވެ.

ފިރާގު މީގެކުރިން ވަނީ ރާއްޖެ މިހާރު އޮތް ހާލަތުން ގައުމު ކުރިއަށް ގެންދެވޭނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށްކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ރާއްޖޭގެ މިވަގުތުގެ ހާލަތާއި ސިޔާސީ އުދަރެހުން ފެންނަ ސިޔާސީ ބޭފުޅުންގެ ތެރެއިން މިހާރުގެ ހާލަތުގައި ރާއްޖެ ކުރިއަށް ގެންދެވޭނީ ގާސިމަށް ކަމަށާއި އަދި ގާސިމަކީ އެފަދަ ދެވަނައެއް ނެތް ބޭފުޅެއް ކަމަށްވެސް ފިރާގު ވިދާޅުވިއެވެ.

"ހަމަ ޔަގީނުން ވެސް ގިރިއަކަށް ފަރަކަށް ނާރުވާނެ،" އިނަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ފިރާގު ވިދާޅުވިއެވެ.

ފިރާގު ވިދާޅުވީ ގާސިމަކީ ހިންގުމުގެ ތަޖުރިބާ އެންމެ އުސްމިނަށް ލިބިވަޑަައިގެން ހުންނެވި އުފެއްދުންތެރި ބޭފުޅެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން