ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކެމްޕޭން ދަތުރުފުޅެއްގައި ވ އަތޮޅަށާއި މ އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ 3 ދުވަހުގެ މި ދަތުރުފުޅު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވާ ހޮނިހިރު ދުވަހު ކަމަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އެމަނިކުފާނުގެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ މ. އަތޮޅަށެވެ. އެގޮތުން މ، ކޮޅުފުށި، ނާލާފުށި، މުލި އަދި މުލަކަށް ވަޑައިގަންނަވާނެއެވެ. މިއިން ކޮންމެ ރަށަކަށް ވަޑައިގެންވެސް ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް ޚިދުމަތްތައް އިފްތިތާހު ކޮށްދެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

މ. އަތޮޅަށް ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ ވ. އަތޮޅަށެވެ. އެގޮތުން ވ. ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަށްތަކަށް ވަޑައިގެން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާނެއެވެ.

ރައީސް ވަނީ މިހާތަނަށް ކެމްޕޭން ދަތުރުފުޅުތަކުގައި ށ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން