އިސްލާމީ ޝަރީއަތާއި ގާތަށް ރާއްޖެވެސް އަނބުރާ ގެންދަންޖެހޭ ކަމަށް ކުރީގެ ދާޚިލީ ވަޒީރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ވިދާޅުވީ ރާއްޖެ ހަލާކުވަމުންދާކަމަށާއި އެކަމުގެ ސަބަބަކީ އިސްލާމްދީނުގެ އަސާސްތަކަށް ޢަމަލުކުރުން ދޫކޮށްލުންކަމަށެވެ.
އުމަރު ވިދާޅުވީ، ރާއްޖޭގައި ހުރި މައްސަލަތަކަށް ޙައްލު ލިބޭނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކަމަށެވެ. އަދި އިސްލާމީ ޝަރީއަތާއި ގާތަށް ރާއްޖެ އަނބުރާ ގެންދިއުމަށް ޢުމަރު ގޮވާލެއްވިއެވެ.
“ރާއްޖޭގައި އުފެދިފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އިސްލާމީ ޝަރީއަތުގެ އުސޫލުތައް ގާއިމުކުރަން ޖެހޭ.” ޢުމަރު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައަށް އަލިއަޅުއްވާ ލައްވަމުން ޢުމަރު ވިދާޅުވީ އެމައްސަލައަށް އޮތް ޙައްލަކީ އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން ކަމަށެވެ. އެ ނޫންގޮތަކަށް އެމައްސަލައަށް ޙައްލެއް ނުލިބޭނެ ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ނެތިވަމުންދާކަމަށް ފާހަގަކުރައްވާ އުމަރު ވިދާޅުވީ، ދިވެހިރާއްޖޭގައި ނެތީ ލޭ ހޫނުކޮށް ހުރި ވެރިއެއް ކަމަށެވެ. އަދި އޭނާގެ ވެރިކަމުގައި ލޭހޫނު ވެރިޔަކާއެކު ރާއްޖެ އެހެން މިސްރާބަކަށް ގެންގޮސްދެއްވާނެ ކަމަށްވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު