އިންޑިއާ އައުޓް ޙަރަކާތުގެ މަޤްސަދަކީ ނަފްރަތު އުފެއްދުން ކަމަށާއި އެކަމަށް ދިވެހިންގެ ތާޢީދު ނެތްކަމަށް ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއު އެއްގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އިދިކޮޅު ފަރާާތްތަކުން އާއްމުންނަށް ވިއްކަނީ ނަފްރަތު ކަމަށާއި، އިންޑިއާ އައުޓް ކެމްޕެއިން އިދިކޮޅުން ކުރިއަށް ގެންދަނީ އިތުރު ކަމެއް ކުރެވެން ނެތުމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނުގައި ވިއްކަނީ ފިތުނަ ކަމަށާއި އެކަން ރައްޔިތުން ބަލައިނުގަންނަ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އެ ކެމްޕެއިންއަށް މަގުބޫލުކަމެއް ނުވަތަ ޝައުގެއް ލިބިފައިނުވާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދުގައި އޮތް ގުޅުމަށް އަލިއަޅުވާ ލައްވަމުން ޝާހިދު ވިދާޅުވީ، ރާއްޖެއަށް ދިމާވި ކޮންމެ ކުއްލި ދަތިކަމެއްގައިވެސް އިންޑީއާއިންވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. ހަމައެއާއެކު މިސަރުކާރުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ، އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ކުރިއަށްދާކަމަށާއި އެކަމާ އުފާކުރައްވާ ކަމަށެވެ. އެގޮތުން ގްރޭޓާރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުއާއި ހަނިމާދޫ ވައިގެ ބަނދަރު ފަދަ ބޮޑެތި މަސައްކަތްތައްވެސް ކުރެވެމުންދާއިރު، މުޖުތަމައަށް ބޮޑެތި ފައިދާތައް ލިބިގެންދާނެ ކުދި މަސައްކަތްތައްވެސް ކުރެވެމުންދާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު