މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިންމުން ފާހަގަކުރައްވައި، އެރަށުގެ ފެނުގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ފައްޓަވައިދެއްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކޮޅުފުއްޓަށް މިއަދު ވަޑައިގެން އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ އެރަށުގައި ސަރުކާރުން ކުރިއަށް ގެންދިޔަ މުހިއްމު މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރަށްވާފައެވެ.
ޕްލެނިންގެ މިނިސްޓްރީން މިއަދު ބުނީ ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 22.9 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 5،575 ކިއުބިކް މީޓަރުގެ މޫދަށް އެރޭ ސަރަހައްދު ފުންކުރުމާއި، 4،108 ކިއުބިކް މީޓަރުގެ ސެންޓްރަލް ވޭސްޓް ސަރަހައްދު ފުންކުރުމާއި 518 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އޭގެ އިތުރުން ކޮޅުފުށީ ފެނުގެ ނިޒާމަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ޕްލޭނިން މިނިސްޓްރީން އެ ގައުމުގެ އެސްއެމްސީ އިންފްރާސްޓެކްޗާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ 3 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު