މ. ކޮޅުފުށި ކައިރީގައި ރިސޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށާއި އެރަށުގައި 50 ހައުސިންގ ޔުނިޓް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި މ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ކޮޅުފުށީގައި މިއަދު ބޭއްވި ޖަލްސާގައެވެ.
މ. ކޮޅުފުށީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ކޮޅުފުށި ކައިރީ ރިސޯޓެއް ތަރައްގީ ކޮށްދެއްވާނެ ކަމަށާއި 50 ހައުސިން ޔުނިޓް ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ކޮޅުފުށި ހިމާޔަތްކުރަން ބޮޑުހިލަޖަހައިދީ، މަގުތައް ރަނގަޅު ފެންވަރަކަށް ހަދައިދޭނެ ކަމަށްވެސް ރައީސް މިއަދު ވަނީ ވަޢުދުވެފައެވެ.
ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ރަށްރަށް ދޫކުރުމުގައި އެތައް ޖަރީމާއެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން މ. އަތޮޅުން ތިން ރަށެއް ރިސޯޓް ހެދުމަށް ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މިއަދާ ހަމައަށް އައިރު ވެސް އެ ތަންތަނުގައި ކުރެވުނު މަސައްކަތެއް ނެތްކަމަށެވެ.
ކޮޅުފުށީގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ކުރީގެ ވެރިކަންތަކުގައި ފުލުހުންގެ ތެރޭގައި އޮތީ ސިޔާސީ ހަމަނުޖެހުމާއި ސިޔާސީ ނުފޫޒު ކަމަށާއި ނަމަވެސް އެ ނުފޫޒު މިއަދު ފުލުހުންނަށް ނެތްކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަމުންދަނީ މިނިވަންކަމާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މ. ކޮޅުފުއްޓަކީ ކުޑަ ރަށަކަށްވުމުން ކުރީގެ ވެރީންގެ އުއްމީދެއް އެރަށަށް ނެތްކަމަށެވެ. ނަމަވެސް މި ސަރުކާރުން އެރަށުގައި ހިންގި މަޝްރޫޢުތަކާއެކު އެރަށަށް މިސަރުކާރުން އިސްކަންދޭ މިންވަރު ހާމަވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ކުރީ ސަރުކާރުތަކުގެ އަމާޒަކަށްވީ ވަކިވަރަކަށް އާބާދީ ދިރިއުޅޭ ރަށްރަށަށް ތަރައްޤީ ގެނައުން ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ނަޒަރުގައި ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އުފަން ރަށުގައި އަސާސީ ޚިދުމަތްތަކާއެކު އުޅެވެން ވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން 141 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމްގެ މަސައްކަތް ހިންގަމުން ނިންމަމުންދާ ކަމަށެވެ. ހަމައެއާއެކު 158 ރަށެއްގެ އިންޖީނުގޭގެ ޖަނަރޭޓަރު ބަދަލުކޮށް ނިމިއްޖެ ކަމަށާއި ބިން ހިއްކުމުގެ 21 މަޝްރޫއެއް މި ދައުރުގެ ތެރޭގައި ފެށި 8 މަޝްރޫއެއް ނިމި 13 މަޝްރޫގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެއިތުރުން 410 ގެދޮރުވެރިންނަށް 232 މިލިއަން ރުފިޔާ އެޕްރޫވްކޮށް، އޭގެ ތެރެއިން 104 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ކޮޅުފުއްޓަށް ކުރެއްވި މިދަތުރުފުޅުގައި ވަނީ އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރައްވައި، ރަށުގެ ފެނުގެ ހިދުމަތް ފަށައިދެއްވާފައެވެ. ހަމައެއާއެކު އެރަށުގައި ހުންނަ މ. އަތޮޅު މަދަރުސާގައި އަލަށް ޢިމާރާތްކުރި އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުވައިދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު