މަތިވެރި ފިނޮޅުގެ ބަދަލުގައި ކ. އަތޮޅުގެ ފަޅެއް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރަށް ސަރުކާރުން ދީފިއެވެ.

އއ. މަތިވެރީ ފަޅު ތެރޭގައި އޮންނަ މަތިވެރި ފިނޮޅު، އެރަށުގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައި ދިނުމަށް މަތިވެރި ކައުންސިލުން ވަނީ ސަރުކާރުގައި އެދިފައެވެ. މީގެ ކުރިން ޖާބިރު ވަނީ މަތިވެރި ފިނޮޅުގައި 100 ކޮޓަރީގެ ރިސޯޓެއް ތަރައްގީ ކުރަން ނިންމާފައިވާކަން އިޢުލާނުކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަތިވެރި ފިނޮޅުގެ ބަދަލުގައި ޖާބިރަށް ދިނުމަށް ސަރުކާރުން ނިންމާފައިވަނީ މާލެއަތޮޅު ގާފަރު ކައިރީގައި އޮތް ފަޅެކެވެ. އަދި އެފަޅު ޖާބިރަށް ދޫކޮށްފައިވަނީ އިތުރު ފީއެއް ދަޢުލަތަށް ދައްކަން ނުޖެހޭ ގޮތަށެވެ.

ރައީސް ޞާލިޙްގެ ރިޔާސީ ކެމްޕޭންގައި އިސްކޮށް އުޅުއްވާ ޖާބިރު ދާދިފަހުންވަނީ ވެރިކަންކުރާ އެމްޑީޕީއަށް ސޮއި ކުރަށްވާފައެވެ.

އެގޮތުން އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ޖާބިރު ވިދާޅުވީ ޖާނާ މާލު ހުސްކޮށްލައިގެން ނަމަވެސް ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު