ވިޔަފާރިވެރިއާ އިސްމާއިލް ޝުޖާ އަކީ ވަރަށް ހިތްވަރުގަދަ އިޚްލާސްތެރި ބޭފުޅެއްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއާ އިސްމާއިލް ޝުޖާ މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވައި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވަނީ އިސްމާއިލް އަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަފުޅު ދައްކަވާފައެވެ.
އިންމަ އަށް ތަޢުރީފް ކުރަށްވައި ގާސިމް ވިދާޅުވީ އިންމަ އަކީ ވަރަށް ހިތްވަރުގަދަ، އަދި ކަންކަމުގައި ވަރަށް އިޚްލާސްތެރިކަމާއިއެކު މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެެވެ.
“އިންމައަކީ ވަރަށް ހިތްވަރުގަދަ އަމާޒުކުރަށްވާ ކަންކަމުގައި ވަރަށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރަށްވާ ބޭފުޅެއް” ޤާސިމް ވިދާޅުވިއެވެ.
އިސްމާއިލް ޝުޖާއަށް ޤާސިމް ތަޢުރީފް ކުރަށްވާފައިވަނީ ގާސިމާއި ބައްދަލު ކުރައްވަން ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ޢަލީ ވަހީދާއި އެކުގައި ހުންނަވައިގެންނެވެ.
އަލީ ވަޙީދާ ބައްދަލު ކުރެއްވުމަށްފަހު ގާސިމް ވިދާޅުވީ މިގައުމަށް ވިސްނުންތެރި ކަންކަން ކުރެވޭ މީހުން ބޭނުންވާކަމަށެވެ. އެގޮތުން އަލީ ވަހީދަށް ތައުރީފްކުރައްވަމުން ގާސިމް ވިދާޅުވީ އޭނާއަކީ ވަރަށް ވިސްނުންތެރި، ކަންކަން ކުރެވޭ ބޭފުޅެއްކަމަށެވެ. އަދި އެއީ މާގިނަ މީހުން ކިބައިގައި ހުންނަ ސިފައެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޤާސިމް ގެންދަވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރަށްވަމުންނެވެ.

ރާއްޖޭގެ މަޝްހޫރު ވިޔާފާރިވެރިއާ އިސްމޢިލް ޝުޖާ ޖޭޕީގެ ލީޑަރ އޮނރަބްލް ގާސިމް އިބްރާހިމް އިބްރާހިމް އާއި ބައްދަލުކުރައްވައިފިއެވެ. އިސްމާއިލް ޝުޖާ މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދަންނަވައި ޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހިމް ވަނީ އިސްމައިލް އަށް ވަރަށް ބޮޑަށް… pic.twitter.com/HkwZDz4IhM
— JP Secretariat (@JPSecretariat) July 15, 2023
އިސްމާއިލް ޝުޖާއަށް ޤާސިމް ތަޢުރީފް ކުރަށްވާފައިވަނީ ގާސިމާއި ބައްދަލު ކުރައްވަން ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު މާމިގިލީ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގަތުމުން ޢަލީ ވަހީދާއި އެކުގައި ހުންނަވައިގެންނެވެ.
އަލީ ވަޙީދާ ބައްދަލު ކުރެއްވުމަށްފަހު ގާސިމް ވިދާޅުވީ މިގައުމަށް ވިސްނުންތެރި ކަންކަން ކުރެވޭ މީހުން ބޭނުންވާކަމަށެވެ. އެގޮތުން އަލީ ވަހީދަށް ތައުރީފްކުރައްވަމުން ގާސިމް ވިދާޅުވީ އޭނާއަކީ ވަރަށް ވިސްނުންތެރި، ކަންކަން ކުރެވޭ ބޭފުޅެއްކަމަށެވެ. އަދި އެއީ މާގިނަ މީހުން ކިބައިގައި ހުންނަ ސިފައެއް ނޫންކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޤާސިމް ގެންދަވަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކެމްޕޭން ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު