ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙަކީ ހިންގުންތެރި، ކެތްތެރި، ހިކްމަތްތެރި ލީޑަރެއް ކަމަށް އެމްޑީއޭގެ ލީޑަރ އަޙްމަދު ސިޔާމް މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީއާއެކު އިއްތިހާދުވެފައިވާ މޯލްޑިވްސް ޑިވޮލޮޕްމަންޓް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު ސިޔާމް ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގައި އެހެން ވެރިކަންތަކާ ޚިލާފަށް ސިޔާސީ ގިނަ މަގާމުތަކަށް އަވަސް ބަދަލުތައް އަންނަމުން ނުދާކަމަށެވެ.
ޝިޔާމް ވިދާޅުވީ މުޅި ފަސް އަހަރުގެ ދައުރު ރައީސް ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކުގައި ކަމަށެވެ. ހަމައެއާއެކު މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ބަދަލު ކުރަށްވާފައި ނުވާކަމަށް ސިޔާމް ވިދާޅުވިއެވެ.
ރައީސް ޞާލިޙަށް ތަޢުރީފް ކުރަށްވަމުން ސިޔާމް ވިދާޅުވީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާ މަންޒަރު ނުފެންނަކަމަށާއި މުޅި ގައުމު ހަމަޖެހިއްޖެ ކަމަށެވެ. ހަމއެއާއެކު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ރެކޯޑު އަދަދަކަށް އިތުރުވެއްޖެ ކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.
“މިކަންކަމުން ރަމްޒުކޮށްދެނީ ރައީސް ސޯލިހްގެ ގެ ހިންގުންތެރިކަމާއި، ކެތްތެރިކަމާއި، ހިކްމަތްތެރިކަން” ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ރައީސަށް ތަޢުރީފް ކުރަށްވާފައިވާއިރު ރައީސް ޞާލިޙް މިއަދު ވަނީ މ. އަތޮޅަށާއި ވ. އަތޮޅަށް ކެމްޕޭން ދަތުރުފުޅެއް ފަށްޓަވާފައެވެ. ރައީސް ވަނީ މިހާތަނަށް ކެމްޕޭން ދަތުރުފުޅުތަކުގައި ށ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.

މުޅި 5 އަހަރުގެ ދައުރު ނިންމާލީ އެންމެ ނާއިބު ރައީސްއަކާއެކު، މުހިއްމު މިނިސްޓްރީތަކުގެ މިނިސްޓަރުން ބަދަލެއް ނުކުރައްވާ، ކޯޓުތަކަށް ނުފޫޒު ފޯރުވާތަނެއް ނުފެނޭ، މުޅި ގައުމު ހަމަޖެހިއްޖެ، ފަތުރުވެރިން ކުރި ޒިޔާރަތް ރިކޯޑް އަދަދަށް، އާއިލާތަކަށް އުފާވެރިކަން. މިކަންކަމުން…
— Ahmed Siyam Mohamed, MP (@Sun_Siyam) July 15, 2023
ސިޔާމް ރައީސަށް ތަޢުރީފް ކުރަށްވާފައިވާއިރު ރައީސް ޞާލިޙް މިއަދު ވަނީ މ. އަތޮޅަށާއި ވ. އަތޮޅަށް ކެމްޕޭން ދަތުރުފުޅެއް ފަށްޓަވާފައެވެ. ރައީސް ވަނީ މިހާތަނަށް ކެމްޕޭން ދަތުރުފުޅުތަކުގައި ށ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު