ފެލިވަރު ކޯލްޑް ސްޓޯރޭޖް
ފެލިވަރު ކޯލްޑް ސްޓޯރޭޖް
މ. މުލައް ހިމެނޭ ގޮތަށް 3 ރަށެއްގައި ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ވަނީ ގއ. ކޫއްޑޫ، ކ. ކަނޑުއޮތްގިރި އަދި މ. މުލަކުގައި ކޯލްޑް ސްޓޯރޭޖް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގއ. ކޫއްޑޫގައި 4000 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ޕަވަރ އިމްޕްރޫވްމަޓްގެ މަސައްކަތާއި ކ. ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިންގް ފެސިލިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމާއި މ. މުލަކުގައި 500 ޓަނުގެ ކޯލްޓް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތެވެ.

މި މަޝްރޫޢު ކުރިއަށް ގެންދަނީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުންނެވެ.

އެހެންކަމުން މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކުރެވިފައިވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު