މ. މުލީ
މ. މުލީ
މުލީ ރީޖަނަލް ހޮސްޕިޓަލާއި މަހިބަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ މުލީ ރީޖަނަލް ހޮސްޕިޓަލާއި މަހިބަދޫ އަތޮޅު ހޮސްޕިޓަލްގެ މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓެޓިވް ބިޑިންގ އެންސީބީގެ އުސޫލުން ކަމަށެވެ.

މި މަޝްރޫއުތަކުގެ ބިޑު ހުޅުވުން އަންނަ މަހުގެ އަށްވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

އެގޮތުން މ. މުލި ރީޖަނަލް ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ އަގަކީ 834000 ރުފިޔާ އެވެ. އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ އަގަކީ 831000 ރުފިޔާ އެވެ.

އިޢުލާނުގައިވާ ގޮތުން ބީލަން ފައިސާ ބަލައިގަންނާނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު