ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މ. މުލަކު ޞިއްޙީމަރުކަޒަށް އިތުރުކުރެވުނު ޢިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި ޢިމާރާތް ހުޅުއްވައި ދެއްވީ، މުލަކަތޮޅުގެ ރަށްރަށަށް އިއްޔެ ފެއްޓެވި ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ.

މުލަކު ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުއްވައި ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޢިމާރާތާއި މުލަކު ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވައި މަޢުލޫމާތު އޮޅުންފިލުއްވަވާފައެވެ.

މުލަކު ޞިއްޙީމަރުކަޒަށް އިތުރުކުރެވުނު ޢިމާރާތުގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި، ކޮންފަރެންސް ހޯލަކާއި، އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މެޑިކަލް ކޮންސިއުމަބްލްސް ސްޓޯރއެއް ހިމެނެއެވެ.

ރައީސްގެ ދަތުރުފުޅުގައި އެމަނިކުފާނު ދެން ވަޑައިގަންނަވާނީ މ. ވޭވަށަށެވެ.



ކިޔުންތެރިންގެ ހިޔާލު