"ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ޕްރައިމަރީއަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ އެޕާޓީގެ ވަގުތީ ޗެއަރޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
ކައުންސިލް ބައްދަލުވުމުގައި ޙަސަން ލަތީފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެޕާޓީން ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. ރިޔާސީ ޕްރައިމަރީއާ ގުޅޭ ކަންތައްތަކާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޓީން މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ހަސަން ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ ވަގުތީީ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމުގައި މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓެއް ނެރުމަށް ނިންމުމުގެ އިތުރުން ޕާޓީގެ އެތެރޭގެ ބައެއް ކޮމިޓީތައް ވަނީ އެކުލަވާލާފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަށްވާނެކަން މިހާތަނަށް އިއުލާންކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްއެންޕީގެ ފަރާތުން އެޕާޓީގެ ރައީސް މުޙައްމަދު ނާޒިމާއި ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕްރޮގްރެސިވް ކޯލިޝަނުން ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމާއި, އަމިއްލަގޮތުން ވާދަކުރަށްވާ ޢުމަރު ނަސީރެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 އިން އޮގަސްޓް 3 އަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު