އާބާދީގެ ސައިޒަށް ނުބަލައި ތަރައްޤީ ކުރުމުގެ ނަމޫނާ އަކަށް މ. ވޭވަށް ފުދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި މ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ވޭވަށުގައި މިއަދު ބޭއްވި ޖަލްސާގައެވެ.
މ. ވޭވަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތަކުގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުމުގެ ނަތީޖާ ކުޑަކުޑަ ވޭވަށުން ފެންނަމުންދާކަމަށެވެ. އަދި މިއީ ކުދި ރަށްރަށް ތަރައްޤީ ކުރުމަށް އަމާޒުކޮށް ތައްޔާރުކުރި "ޖަޒީރާ ރާއްޖެ" މެނިފެސްޓޯގެ ނަތީޖާ ކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ ވޭވަށަށް މި ސަރުކާރުގައި ގެނެސްދެއްވާފައިވާ ކުރިއެރުން ފާހަގަ ކުރަށްވާފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވީ ހަމައެކަނި ވައުދަކީ ބަނދަރު ބޮޑުކުރުން ކަމަށާއި އެކަން ނިމިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން އާ އިންޖީނުގެއާއި ސުކޫލަށް ބޭނުންވާ އިމާރާތާއި ކައުންސިލްގެ އިދާރާގެ އިމާރާތާއި މެޖިސްޓްރޭޓު ކޯޓު އިމާރާތުގެ މަސައްކަތްވެސް ފަށައިގެން ކުރިއަށް ގޮސް ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ އާބާދީމަދު އަތޮޅަކަށްވާތީ ކުރީގެ ސަރުކާރުތަކުން މ. އަތޮޅަށް އިހުމާލުވެފައިވާ ކަމަށާއި އެކަން ބަދަލުކުރީ މިސަރުކާރުން ކަމަށެވެ.
“މ. އަތޮޅަކީ ކުދި އާބާދީތަކެއް ދިރިއުޅޭ ރަށްތަކަށް ވާތީ، އޭރުގެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުގެ ފަހަތުގައި ލިސްޓު ކުރެވިފައި ހުރި ރަށްތަކެއް.” ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ ރިޔާސީ ދެވަނަ ދައުރެއް ލިބިއްޖެނަމަ ވޭވަށުގެ ގިރާ ސަރަހައްދު ހިމާުޔަތް ކުރުމާއި ބަނދަރުގައި ހުރި ބައެއް މައްސަލަތައް ހައްލުކޮށްދިނުމާއި ޒުވާނުންނަށް އެންމެ ޒަމާނީ ފެންވަރުގެ ޓާފް ފުޓުބޯޅަ ދަނޑެއް އަޅައިދެއްވާނެ ކަމަށެވެ.
ވޭވަށުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ މ. އަތޮޅުން މީގެ ކުރިން ނުލިބޭ ވަރުގެ ތާއީދެއް މި އަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު