ތާރީޚުގައި ނުހިނގާހާ ގިނަ މަޝްރޫއުތައް ރަތްމަންދޫގައި މިހާރު ކުރިޔަށް ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިމޭރުމުން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި މ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މ. ރަތްމަންދޫގައި މިއަދު ބޭއްވި ޖަލްސާގައެވެ.
މ. ރަތްމަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ޞާލިޙް ވިދާޅުވީ މި ފަސްއަހަރު ވެގެން ގޮސްފައިވަނީ ރަތްމަންދޫގެ ތާރީޚުގައިވެސް ރިޔާސީ ދައުރެއްގެތެރޭގައި އެރަށުގައި ނުހިނގާހާ ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ފަސްއަހަރަށް ކަމަށެވެ.
އެގޮތުން ރަތްމަންދޫގެ އިންޖީނުގޭގެ މަސައްކަތް މިހާރު ނިމިފައިވާއިރު، ފެނާ ނަރުދަމާގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިއަދު ވިދާޅުވީ ރަތްމަންދޫ ބަނދަރު ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް މި އަހަރު އަމަލީގޮތުން ފެށޭނެކަމަށެވެ.
ހަމައެއާއެކު ރަތްމަންދޫގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމަށް ސެޓެލައިޓް ސްކޫލްގެ ހިދުމަތް ފެށުމަކީ ރަށުގައި އާއިލާއާއެކު ދަރިވަރުން ތިބެގެން ތައުލީމް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުން ބޭނުންނަމަ ސެޓެލައިޓް ސްކޫލްގެ ހިދުމަތާއެކު ގްރޭޑް 10 ނިމެންދެން ރަށުގައި ތިބެގެން ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.
ރަތްމަންދޫއަކީ ވޮލީ ކުޅޭ ޒުވާނުން ގިނަ ރަށަކަށް ވުމުން ކުރިއަށް އޮތް އަހަރު އެރަށުގައި ޒަމާނީ ވޮލީ ކޯޓެއް އަޅައި ދެއްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު އާރްޓީއެލްގެ ޚިދުމަތާއެކު ރަތްމަންދޫ ރައްޔިތުން މިހާރު އުފުލަމުންދާ ތަކްލީފްތަކަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ރަތްމަންދޫ ރައްޔިތުންގެ ކިބައިން އެދިލައްވާފައިވަނީ ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވާއިރު ވޭތުވެ ދިޔަ ސަރުކާރުތަކުން ކަންކަން ކޮށްފައިވާ ގޮތަށް ބަލައި ވިސްނުމަށްފަހު ގޮތެއް ކަނޑައެޅުއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު