މުލަކުތޮޅު ރަތްމަންދޫ އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.
ރަތްމަންދޫގެ 25 އަހަރުވީ އިންޖީނުގެ ނިއްވާލައި، އައު އިންޖީނުގެ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ މިހާރު މ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިންނެވެ.
މީހުން ދިރިއުޅޭ ސަރަޙައްދާ ދުރުގައި އިމާރާތްކޮށްފައިވާ މި އިންޖީނުގެއަކީ ބޭނުންވާ އިތުރު ޚިދުމަތްތައް ދެވޭނެ ޖާގަ ތަނަވަސް އިންޖީނުގެއެކެވެ. ރަތްމަންދޫ އައު އިންޖީނުގޭގައި 3 ޖަނަރޭޓަރު ސެޓް ބަހައްޓާފައިވާއިރު މި ޖަނަރޭޓަރުތަކުން ޖުމްލަ 480 ކިލޯވަޓުގެ ކަރަންޓު އުފެއްދޭނެއެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު