ލ. ގަމާއި ގދ. ގައްދޫ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ލ. ގަމުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމާއި ގދ. ގައްދޫގައި ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ރިޔާސީ ވައުދެކެވެ.

އެމްޓީސީސީން ހާމަކޮށްފައިވަނީ މި ދެ ހޮސްޕިޓަލުގެ މަސައްކަތް އަންނަ މަހު ދެވަނަ ހަފްތާގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މިދެހޮސްޕިޓަލް އެޅުމަށް ސްޕެއިންގެ ހޮމްޓް އެސްޕަނިއާ ކުންފުންޏަށް ހަވާލުކުރީ މި އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. ގަމު ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމަށް ތިން އަހަރުގެ މުހުލަތެއް ދީފައިވާއިރު ގައްދޫ ހޮސްޕިޓަލް އިމާރާތްކުރުމަށް ދީފައިވަނީ ދެ އަހަރާއި ހަ މަސް ދުވަހުގެ މުއްދަތެކެވެ.



އެމްޓީސީސީން ބުނީ ގަމުގައި ގާއިމުކުރުމަށް ނިންމާފައިވާ 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތަށް 492.35 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. ހަމައެއާއެކު ގދ. ގައްދޫގައި ގާއިމުކުރަން ނިންމާފައިވާ 30 އެނދުގެ ހޮސްޕިޓަލަށް 226.5 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ޑޮއިޗާ ބޭންކުގެ ފަރާތުން ފައިނޭންސް ކުރާ މި މަޝްރޫއުގެ އަގަކީ 79 މިލިއަން ޔޫރޯ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން