ގދ. ކޫއްޑޫ އެއަރޕޯޓްގެ ޑިޕާޗަރ ޓާމިނަލްގެ އޭސީތައް ހަލާކުވެފައި ހުންނަތާ އެތަކެއް މަސްވެފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއި އިލްހާމް އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އިލްހާމް މިއަދު ވިދާޅުވީ ކޫއްޑޫ އެއަރޕޯޓްގެ އޭސީތައް ހަލާކުވެފައިވާތީ އެކަމުގެ ތަކްލީފް އެތައްބަޔަކަށް އުފުލަން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން އެމައްސަލަ ޙައްލުކޮށްދެއްވުމަށް އިލްހާމް ވަނީ ގޮވާލައްވާފައެވެ.

އިލްހާމް ވިދާޅުވީ އޭސީތައް ހަލާޚުވެފައި ހުރުމުން އެއަރޕޯޓުން ޚިދުމަތް ހޯދާ ފަތުރުވެރިންނާއި، ދަތުރުވެރިންތިބީ ދާހިއްލާ ފޯވެފައިކަމަށެވެ.

“މިއަދު އަޅުގަނޑަށްވެސް މިއޮތީ އެކަން ތަޖުރިބާކުރަން ޖެހިފައި. މިކަން ހައްލުކޮށްދެއްވާނީ ކޮންއިރަކުންތޯ؟” އިލްހާމް މިއަދު ވިދާޅުވެފައިވެއެވެ.



އިޤްތިޞާދީ ވުޒާރާއިން މީގެ ކުރިން ބުނެފައިވަނީ އޯގަސްޓް 2017 އިން ފެށިގެން ކޫއްޑޫ އެއާޕޯޓް ހިންގަނީ ސިންގަޕޫރުގެ ކިއޮން ހޮންގު ކޮންސްޓްރަކްޝަން އާއި ރާއްޖޭގެ ހޮޓެލްސް ރިސޯޓްސް ކޮންސްޓްރަކްޝަން ގުޅިގެން އުފައްދާފައިވާ ޕްރިސްޓީން އައިލެންޑް އިންވެސްޓްމަންޓް މޯލްޑިވްސްއިން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން