ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން
ޕީޕީއެމްގެ ލީޑަރޝިޕްގެ އިސް ބައެއް ބޭފުޅުން
ޤާނޫނާ ޚިލާފަށް ދޫކުރާ ތަންތަން އިދިކޮޅު ޕީޕީއެމްގެ ވެރިކަމެއްގައި އަތުލާނެ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޞާލިޙުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގެ ބޭނުމުގައި ވ. ފޮއްތެޔޮ ފަޅު ނުއަގުގައި ޤާނޫނާއި ޚިލާފަށް ވިއްކާލުމަށް ސަރުކާރުން ހިންގަމުން ގެންދާ ޖަރީމާ ހުއްޓާލުމަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ ތަންތަން ޕީޕީއެމްގެ ވެރިކަމެއްގައި އަތުލެވޭނެ ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފައެވެ.

ވ. ފޮއްތެޔޮ ފަޅަކީ ރާއްޖޭގެ އެންމެބޮޑު އަދި ދުނިޔޭގައިވެސް 3 ވަނައަށް އެންމެ ބޮޑު ފަޅުކަން ފާހަގަކޮށް ޕީޕީއެމުން ބުނެފައިވަނީ ދައުރު ނިމެން ކުޑަތަން ވެފައިވަނިކޮށް ދިވެހިންގެ އަގުހުރި މުދާ ނުއަގުގައި ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

“މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް އޭސީސީއަށް ގޮވާލަމެވެ.” ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ކޮރަޕްޝަންގެ ޢަމަލުތަކުގައި އެއްވެސް ބަޔަކު ބައިވެރި ނުވުމަށް ގޮވާލާ ކަމަށެވެ. ހަމައެއާއެކު ކުންފުނިތަކުންވެސް ޤާނޫނާ ޚިލާފަށް ދޫކުރާ ތަންތަނާއި ޙަވާލު ނުވުމަށާއި ޕީޕީއެމްގެ ވެރިކަމުގައި ޤާނޫނާ ޚިލާފު އެއްބަސްވުންތައް ބާތިލުކުރާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން