މަޝްހޫރު ސޯޝަލް މީޑިޔާ އެކްޓިވިސްޓް އަޙުމަދު އަންވަރު (ސިމްވާރު) ސަރުކާރުން މިއަދު އިސްތިއުފާ ދީފިއެވެ.

ހެލްތު މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގައި ހުރި ސިމްވާރު ސިޔާސީ މަޤާމުން އިސްތިޢުފާ ދީފައިވާއިރު ސަރުކާރު ޕްރޮމޯޓު ކުރާނެ ހިތްވަރު ނެތްނަމަ ސިޔާސީ މަޤާމުން އިސްތިއުފާދިނުމުގެ ހިތްވަރު ހުންނަންޖެހޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޒު ފައްޔާޒު އިސްމާޢީލް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

ސިމްވާރުގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ ސަރުކާރުގައި މަސައްކަތް ކުރަން ރައީސް ޞާލިޙް ދެއްވި ފުރުސަތަށާއި، ރައީސް ޞާލިޙް ބަހައްޓަވާ ގާތްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސިމްވާރު މިއަދުވަނީ ރައީސް ނަޝީދަށް ތާޢީދު ކުރަށްވާ ފަރާތްތަކުން އުފެއްދެވުމަށް މަސައްކަތް ކުރަށްވާ ޑިމޮކްރެޓްސް އަށް ސޮއި ކުރަށްވާފައެވެ.



ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތްއިރު ކެމްޕޭންގައި ވަރަށް ވަރުގަދައަށް ސިމްވާރް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވިއެވެ. ނަމަވެސް ފަހަކަށްއައިސް އޭނާ އެއްގޮތަކަށްވެސް ސަރުކާރު ޕްރޯޓުކުރާތަނެއް ނުފެނެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ސިމްވާރު ތާޢީދު ކޮށްފައިވަނީ ރައީސް ނަޝީދަށެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާގައި އިސްދައުރެއް މީގެކުރިން އަދާކުރެއްވި ލޫކަސް ޖަލީލާއި އަޙްމަދު ޝިފާންވެސް ދާދިފަހުން ވަނީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުން އިސްތިއުފާ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން