ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ ބައްދަލުވުމެއް ސަންއައިލެންޑް ރިސޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވާނެކަން އިޢުލާނު ކުރަށްވާފައިވާ ޤާސިމާއި ނާޒިމްގެ ބައްދަލުވުމެއް މިއަދު ބާއްވާފައިވާއިރު މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ދެޕާޓީންވެސް ހާމަކޮށްފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީންވެސް ދާދިފަހުން ވަނީ އިދިކޮޅު ޕީޕީއެމާއި ރައީސް ނަޝީދުގެ ޑިމޮކްރެޓްސްއާ އެއްކޮށްވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ބައްދަލު ކުރެއްވުމުގައި ބައިވެރިވެ ވަޑައިގަންނަވާ އެމްއެންޕީގެ އިސް ބޭފުޅުންގެ ތެރޭގައި އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ހިމެނިވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން