ހުޅުމާލޭ ހިޔާ ފްލެޓެއްގައި ޢުމުރުން 14 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން ވަނީ ހިޔާ ޓަވަރު 11 ގެ 9 ވަނަ ފްލޯއިން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ ހިޔާ ފްލެޓުގެ ލިފްޓެއްގެ ތެރޭގައި ރޭ 12:00 ހާއިރު އެވެ.

ފުލުހުންބުނީ އެމައްސަލަ ތަޙުޤީޤު ކުރަމުން ގެންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން