ރައީސް ޞާލިޙްގެ ރަނިންމޭޓަކަށްވުމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ޝައުޤުވެރިވެ ވަޑައިގަންނަވާ ކަމަށްބުނެ އަޑު ފަތުރަނީ ޕާޓީގެ ކުރީގެ ޗެއަރޕަރސަން ރީކޯ މޫސާ މަނިކު ކަމަށް ވިދާޅުވެ ފައްޔާޒް އިސްމާޢީލް ހިތްހަމަ ނުޖެހުން ފާޅުކުރަށްވައިފިއެވެ.

ފައްޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރަނިންމޭޓަކަށް ވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ވާހަކަ ދައްކަވަނީ ރީކޯ މޫސަ ކަމަށާއި އެއީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

“އަޅުގަނޑުގެ އެއްވެސް އިންޓަރެސްޓެއް (ޝައުގުވެރިކަމެއް) ތިކަމަކަށް ނެތް.” ފައްޔާޒް ވިދާޅުވެފައިވެއެވެ.

ރަނިންމޭޓުގެ މައްސަލާގައި ރައީީީސް ޞާލިޙް އިއްޔެ ވިދާޅުވީ، ރަނިންމޭޓަކަށް އެކިނަންތައް ހުށަހެޅެމުން އަންނަ ކަމަށާއި، ކޮންމެ ރެއަކުހެން އެކަމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.

“އަޅުގަނޑުގެ ސިކުނޑީގައި މިހާރު އިން އެންމެ ބޮޑު އެއް މައްސަލަ އެއީ. މައްސަލައޭ މި ދެންނެވީ ޑިޒިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑުމެން ހަމަ ގައިމު ވެސް ފޯމު ލާނީ ރަނިން މޭޓަކާ އެއްކޮށް.” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީން އަދާލަތު ޕާޓީ އާއި އެމްޑީއޭއާ އެކުގައި ކޯލިޝަން ހަދާފައިވާއިރު، އެ ކޯލިޝަނުގެ ތެރެއިން ރަނިންމޭޓެއް ކަނޑައެޅުމުގެ ފުރުސަތު އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް ވިދާޅުވީ އެއީ ވެސް އޮތް ފުރުސަތެއް ކަމަށެވެ.

2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ މެމްބަރެއްގެ ގޮތުގައި ހުންނެވި ފައިސަލް ނަސީމާއެކު ނުކުންނަވައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން