ރައީސް ޔާމީންގެ ވެރިކަމުގައި މިޤައުމުގައި އޮތީ އަނިޔާވެރިކަމާއި ނާމާންކަން ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިމޭރުމުން ވިދާޅުވީ މި ސަރުކާރުގައި އިސްލާމްދީނާ ޚިލާފު ކަންތައްތަކެއް ހިނގާކަމަށާއި އެކަމުގެ މަޢުލޫމާތު ޑރ. އިޔާޒާއި ޙިއްސާ ކޮށްފައިވާ ކަމަށް ރާއްޖޭގެ ނޫސްވެރިޔަކު ހާމަކުރުމާގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
ޑރ. އިޔާޒް ވިދާޅުވެފައިވަނީ މިޤައުމުގަައި ހިނގާ ހުރިހާކަމެއް އޭނާއަށް އެނގުން ލާޒިމެއް ނޫން ކަމަށެވެ. އަދި ކޮންމެ ކަމަކަށް ފާޅުގައި ބަހެއް ނުބުނުން އެއީ އެކަމަށް އެއްބަސްވުމެއްވެސް ނޫން ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.
ކޮންމެ މީހަކު ކުރިނަމަވެސް ރަނގަޅުކަމެއްނަމަ އެކަން ބަލައިގަންނަ ކަމަށާއި އަދި ގޯސްކަމެއްނަމަ އެކަން ކުއްވެރި ކުރާ ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ. އޭގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި މިޤައުމުގައި އޮތީ އަނިޔާވެރިކަމާއި ނާމާންކަން ކަމަށްވެސް އިޔާޒްވަނީ ވިދާޅުވެފައެވެ.
“2013 އިން 2018 އަށް ޤައުމުގައި ޢާއްމުވިއިންތިހާ ދަރަޖައިގެ އަނިޔާވެރިކަމާއި ނާމާންކަމުން ޤައުމު މިންޖުކޮށް، އަމާންކަމާއި އުފާވެރިކަމުގެ މިސްރާބަކަށް ރައީސް ޞާލިޙްގެ ޤިޔާދަތުގެ ދަށުން ޤައުމު ދަތުރުކޮށްފި.” މި ސަރުކާރާއެކު އިއްތިޙާދު ވެފައިވާ ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ އިސްމެންބަރެއް ކަމަށްވާ އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރާއި އަޅާ ބަލާއިރު މިއަދުގެ ޙާލަތު ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ނޫސްވެރިންނަށް ޖެހިލުމެއްނެތި ބޭނުން ސުވާލެއް ސީދާ ރައީސް އާއި ކުރުމުގެ ފުރުޞަތު ފަހިވެފައިވާކަމަށް އިޔާޒް ވިދާޅުވިއެވެ
“އެއްވެސް ނިއުސްކޮންފަރެންސެއްގައި ޖަވާބުނުދެއްވި ކޯފާ އިސްކުރައްވާތަނެއް ނުފެނޭ. ފެންނަނީ ވަރަށް ހަމަޖެހިވަޑައިގެން ހާސްކަމެއްނެތި ޖަވާބުދެއްވާ މަންޡަރު. ނިމިގެން ހުރިހާ ނޫސްވެރިންނާއި ސަލާމްކޮށްލައްވާ ސެލްފީ ނަންގަވާތަން. މިއީ ކުރީގެ ރައީސުން ފަރާތުން ނުފެންނަ ކަމެއް.” އިޔާޒް ވިދާޅުވިއެވެ.
އޭގެ އިތުރުން މިއަހަރުގެ ރިޔާސީ އިންތިޚާބު އަދާލަތު ޕާޓީއާއެކު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރަށްވައި އުފާވެރި އަމާން ރާއްޖެއެއް ޤާއިމްކުރަށްވާނެ ކަމަށްވެސް އިޔާޒް ވަނީ ވިދާޅުވެފައެވެ.
“ޢަދާލަތު ޕާޓީ އަކީ އިޞްލާޙަށް މަސައްކަތްކުރާ ޕާޓީއެއް. އިޞްލާޙު ކުރަަންހުރި ކަމެއްނަމަ އެކަމަށްޓަކައި ކުރަންޖެހުނު މަސައްކަތެއް އަޅުގަޑުމެންކުރާނަން،” ޤައުމުގައި ހުރި މައްސަލަތައް އިޔާޒްގެ ސަމާލުކަމަށް ގެނައި ނޫސްވެރިންނަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވެފައިވެއެވެ.
ޑރ. އިޔާޒް މިބީދައިން ވިދާޅުވެފައިވާއިރު އައު ޤާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ އިންތިޚާބެއްގައި ޢަދާލަތުން މިހާތަނަށް ވަކިން ވާދަކޮށްފައެއް ނުވެއެވެ. އެގޮތުން 2008 ވަނަ އަހަރު ޖުމްހޫރީ ޕާޓީއާއެކު އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާއިރު، އެ އިންތިހާބު ކާމިޔާބުކުރީ ޖޭޕީވެސް ހިމެނުނު އެމްޑީޕީ ކޯލިޝަނުންނެވެ.
2013 ވަނަ އަހަރު ޕީޕީއެމް ކޯލިޝަނުގައި އަދާލަތު ޕާޓީން ބައިވެރިވިއިރު 2018 ގައި އަދާލަތު ބައިއަތު ހިފީ އެމްޑީޕީއާއެވެ. އަދި 2023ގެ އިންތިޚާބަށްވެސް ޢަދާލަތުން ވަނީ އެމްޑީޕީއާއެކު ބައިޢަތުހިފާފައެވެ.

ކިޔުންތެރިންގެ ހިޔާލު