ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދަތުރުފުޅެއްގައި ރައީީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ބޮޑު ތިލަދުންމައްޗަށް ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ހއ. ހޯރަފުއްޓަށެވެ. ހޯރަފުށިން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ކުދިބޮޑު ރައްޔިތުން އެއަރޕޯޓް ސަރަޙައްދަށް ޖަމާވިއެވެ.

މިދަތުރުފުޅުގައި ހޯރަފުށީގެ އިތުރުން، ތުރާކުނާއި، އުލިގަމާއި، މޮޅަދޫގެ އަދި އިހަވަންދުއަށް ވެސް އެމަނިކުފާނު މިއަދު ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އަދި މާދަމާ މާރަންދޫ، ތަކަންދޫ، ކެލާ، ވަށަފަރު އަދި ދިއްދުއަށް ވަޑައިގަންނަވާނެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕެއިނުގައި ރައީސް ޞާލިޙު ވަނީ ކ.އަތޮޅަށާއި، ށ.އަތޮޅަށާއި، މ އަދި ވ އަތޮޅަށް ވެސް ވަޑައިގެންފައެވެ. ރައީސް ޞާލިޙު އަތޮޅުތެރޭގެ ކެމްޕެއިން ފެއްޓެވީ ށ އަތޮޅުންނެވެ.



ކިޔުންތެރިންގެ ހިޔާލު