ތަރައްޤީ ގެނެވޭނީ ތަސައްވަރެއް އޮވެގެން ކަމަށާއި ހަމައެކަނި މާދަމާ ފެންނަ މީހަކަށް ތަރައްޤީ ނުގެނެވޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިގޮތަށް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ބޮޑު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ހއ. ހޯރަފުށީގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މިއަދު ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުން ތަރައްޤީގެ ބަދަލުތައް ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ތަރައްްޤީ އަކީ މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ވޭތުވެދިޔަ 70 އަހަރު ހޯރަފުއްޓަށް މާބޮޑު ކަމެއް ކޮށްދީފައި ނެތް ނަމަވެސް މި 5 އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ތަރައްޤީ ގެނެވޭނީ ތަސައްވަރެއް އޮވެގެން ކަމަށާއި މާދަމާ އެކަނި ފެންނަ މީހަކަށް އެކަން ނުކުރެވޭނެ ކަމަށެވެ.
ކޮވިޑަށްފަހު ރާއްޖެއަށް ޓޫރިސްޓުން ނާންނާނެ ކަމަށާއި ރިސޯޓުތަކުގެ ބަދިގެތަކުގައި މަސްކައްކަން ގޮވާލައި ރިސޯޓުތަކުގައި ދަނޑުވެރިކަން ކުރުމަށް ގޮވާލި މީހުންނަށް ވެރިކަން ނުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ އެމަނިކުފާނުގެ އޮތީ އެންމެ އެޖެންޑާއެއް ކަމަށާއި އެއީ ރައްޔިތުންނަށް ތަރައްގީ ގެނެސްދީ އަމާން ގައުމަކަށް މި ރާއްޖެ ބަދަލުކުރުން ކަމަށެވެ.
"މި ނޫން އެޖެންޑާއެއް، އެމްޑީޕީގެވެސް އަދި އަޅުގަނޑުމެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެވެސް ނެތް." ރައީސް ވިދާޅުވިއެވެ.
ހޯރަފުށީގެ ތަރައްޤީއަށް އަލިއަޅުއްވާ ލައްވަމުން ހޯރަފުށީ އެއާޕޯޓަކީ މި ވެރިކަމުގައި އަޅަން ފަށާ ނިންމި ފުރަތަމަ އެއާޕޯޓްކަން ރައީސް ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން އެ ރަށުގެ ފުޓްބޯޅަ ދަނޑު ނިމިފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެރަށުގެ މަގުތަކުގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ދައުރުގައި ނިންމަވާދެއްވާނެ ކަމަށާއި އެ ރަށުގައި ރޯހައުސް އާއި ފްލެޓް އަޅާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ހޯރަފުށީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ މިސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރައްވަނީ ތަސައްވުރެއް އޮވެގެން ކަމަށާއި އެއްވެސް ރަށެއް އަނެއް ރަށާއި ތަފާތު ނުކުރައްވާ ޚިދުމަތްތައް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު