ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

އެ ތިން ބޭފުޅުންގެ ބައްދަލުވުން އޮންނާނީ މިިއަދު 1:30 ގައި މާފަންނު ކުނޫޒްގައެވެ.

މިބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް މިއީ ޖޭޕީ އާއި އެމްއެންޕީ އާއި ޑިމޮކްރެޓްސް އެކުގައި ރިޔާސީ އިންތިހާބުގައި މަސައްކަތްކުރުމުގެ މަޝްވަރާތައް ފެށުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

ޖޭޕީ އާއި އެމްއެންޕީ އާއި ޑިމޮކްރެޓްސް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށާފައިވާއިރު ތިންޕާޓީންވެސް ވަނީ އެއްބަޔަކު އަނެއްބަޔަކާ ވަކިވަކި ބައްދަލުވުންތައް ބާއްވާފައެވެ. މި ބައްދަލުވުންތަކުގެ ނަތީޖާއެއް މިހާތަނަށް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.

ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މިއަދު ބާއްވާ ބައްދަލުވުމަށްފަހު މަޝްވަރާތަކުގެ އިތުރު ކުރިއެރުންތައް ނިއުޅިގެން ދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު