ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާއި އެމްއެންޕީގެ ލީޑަރ ކާނަލް ނާޒިމާއި ރައީސް މުޙައްމަދު ނަޝީދުގެ ބައްދަލުވުން މާފަންނު ކުނޫޒްގައި ފަށައިފިއެވެ.

މި ބައްދަލުވުމުގައި 3 ޕާޓީގެ ލީޑަރޝިޕްގެ އިސްބޭފުޅުން ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

މިބައްދަލުވުމުގެ މާބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް މިއީ ޖޭޕީ އާއި އެމްއެންޕީ އާއި ޑިމޮކްރެޓްސް އެކުގައި ރިޔާސީ އިންތިހާބުގައި މަސައްކަތްކުރުމުގެ މަޝްވަރާތައް ފެށުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

“މި ބައްދަލުވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާތައް ކުރެއްވުމަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް.” ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ.



ޖޭޕީ އާއި އެމްއެންޕީ އާއި ޑިމޮކްރެޓްސް ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށާފައިވާއިރު ތިންޕާޓީންވެސް ވަނީ އެއްބަޔަކު އަނެއްބަޔަކާ ވަކިވަކި ބައްދަލުވުންތައް ބާއްވާފައެވެ. މި ބައްދަލުވުންތަކުގެ ނަތީޖާއެއް މިހާތަނަށް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.

ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މިއަދު ކުރިއަށްދާ ބައްދަލުވުމަށްފަހު މަޝްވަރާތަކުގެ އިތުރު ކުރިއެރުންތައް ނިއުޅިގެން ދާނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން