ރިޔާސީ އިންތިޚާބުގައި އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތްކުރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އިން އެއްބަސްވެއްޖެއެވެ.

3 ޕާޓީގެ ލީޑަރުންގެ ފެންވަރުގައި މާފަންނު ކުނޫޒްގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ އެއްކެންޑިޑޭޓަކު ނެރުމުގެ ފޯމިއުލާއަށް ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އާއި ދަ ޑިމޮކްރެޓްސް އެއްބަސްވާ ކަމަށެވެ.

އެއްކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމާއި އެމްއާރުއެމާއި މަޝްވަރާ ކުރަށްވާނެ ކަމަށާއި އެގޮތަށް ހުރިހާ ބޭފުޅުން އެއްބަސްވާނަމަ އެގޮތަށް ކުރިއަށްދާނެ ކަމަށް ޤާސިމް މިއަދު ވަނީ ވިދާޅުވެފައެވެ.



ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމާއެކު މ.ކުނޫޒުގައި މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓެއް ނެރުމަކީ މިއަދު އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.

އެމްއެންޕީގެ ރައީސް ކާނަލް ނާޒިމްވެސް ވަނީ ޤާސިމާއި ރައީސް ނަޝީދުގެ ވާހަކަފުޅަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޖޭޕީ އާއި އެމްއެންޕީ އާއި ޑިމޮކްރެޓްސް އާއި ޕީޕީއެމުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފަށާފައިވާއިރު 4 ޕާޓީންވެސް ވަނީ އެއްބަޔަކު އަނެއްބަޔަކާ ވަކިވަކި ބައްދަލުވުންތައް ބާއްވާފައެވެ. މި ބައްދަލުވުންތަކުގެ ނަތީޖާއެއް މިހާތަނަށް މީޑިއާއަށް ތިލަވެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން