ށ. މިލަންދޫ މަހު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާ، އަމާޒަކީ ވީހާވެސް އަވަހަށް މަގުތަކުގެ މުޅި މަސައްކަތް ނިންމާލައި ރައްޔިތުންނަށް މަގުތަކުގެ ފަސޭހަކަށް ހޯދައިދިނުންކަމަށް މިމަސައްކަތް ކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އިން ބުނެފިއެވެ.

މިމަޝްރޫއުގައި މިހާރު ކުރަމުންއަންނަ މަސައްކަތްތަކަށް ބަލާއިރު އެރަށު ހުރަވީ މަގާއި ޣާޒީ މަގުގައި ޕޭވިންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ކަލާފާނު ހިނގުމުގައި ކީވޯލްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ރޯޝަނީ މަގާއި ޣާޒީ މަގުގައި ސްޓޯރމް ވޯޓާރގެ މަސައްކަތް ކުރިއަށްދެއެވެ.

ށ.މިލަންދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށު 8 މަގެއް ހިމެނޭހެން 6.15 ކިލޯމީޓަރުގެ މަގު ތަރައްޤީކުރާނެއެވެ. ޖުމްލަ 156.4 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މިމަޝްރޫޢަލީ މިލަންދުއަށް އެންމެ ބޭނުންވެފައިވާ ކަންކަމުގެ ތެރޭގައު ހިމެނޭ ކަމެކެވެ.

އާބާދީގައި 2500 އެއްހާ މީހުން ދިރިއުޅޭ ށ.މިލަންދޫއަކީ މަގުތަކުގެ ޙާލަތު ވަރަށް ދަށްރަށެކެވެ. ވާރޭވެހޭ މޫސުމުގައި ރަށުގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިޔުންނަށް ބޮޑެތޔި ތަކުލީފުތައް އުފުލަންޖެހެއެވެ. މިކަން ޙައްލުކޮށްދެއްވުމަށް މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އާރް.ޑީ.ސީއާއި ޙަވާލުކުރެއްވީ 2021ވަނަ އަހަރުގެ މާރިޗުމަހުގެ 12 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 13 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން