2023 ގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމަށް ފުރުސަތު އެރުވުން ބުއްދިވެރި ކަމަށް އެޕާޓީގެ ޑެޕިއުޓީ ލީޑަރ އަޙްމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

ސައުދު މިމޭރުމުން ވިދާޅުވެފައިމިވަނީ 2023ގެ އިންތިޚާބުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޑަކު ނެރުމަށް މަސައްކަތް ކުރަށްވާކަމަށް ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

"ކީއްވެ ޤާސިމް" މި ޝިއާރުގެ ދަށުން ޖޭޕީން ރޭ ބޭއްވި ޚާއްސަ ޕެނަލް ޑިސްކަޝަންގައި އިދިކޮޅު ފަރާތްތަކުގެ ކެންޑިޑޭޓެއްގެ ގޮތުގައި ޤާސިމަށް ވާދަކުރުމުގެ ފުރުސަތު އެރުވުމަށް ބާރުއަޅުއްވައި ސަޢުދު ވިދާޅުވީ ޤާސިމް އިބްރާހީމަކީ މިހާތަނަށް ކުރެއްވި ކޮންމެ މަސައްކަތެއްގައިވެސް، އެކަން ކުރަންޖެހޭ ވަގުތުގައި އެކަމެއް ކުރެއްވި ބޭފުޅެއް ކަމަށެވެ.

ހަމައެއާއެކު ޤާސިމަކީ މަންޒިލަކަށް ދާން ބޭނުންވެއްޖެނަމަ، ކޮންމެ ބުރަޔެއް އުފުލާފައިވެސް އެ މަންޒިލަކަށް ވަޑައިގަންނަވާ ބޭފުޅެއްކަން ސަޢުދު ފާހަގަކުރެއްވިއެވެ.

“އެހެންކަމުން 2023 ގެ ރިޔާސީ އިންތިހާބަކި ގާސިމް އިބްރާހީމަށް ދޭ ފުރުސަތަކަށް ހެދުން ބުއްދިވެރިވާނީ” ސަޢުދު ވިދާޅުވިއެވެ.



ސަޢުދު މިމޭރުމުން ވިދާޅުވެފައިވާއިރު ޤާސިމް ގެންދަވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައި އެކަމަށް ކެމްޕޭން ކުރަށްވަމުންނެވެ.

ނަމަވެސް އިއްޔެ ކުއްލި ގޮތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމްއާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަމަދު ނަޝީދާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ބައްދަލު ކުރެއްވުމަށްފަހު ވިދާޅުވެފައިވަނީ ގުޅިގެން އިންތިޚާބުގައި ވާދަކުރުމަށް ފޯމިއުލާއެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ 9 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން