ހިލްޓަން މައްސަލާގައި ރާއްޖޭގެ ސަން ކުންފުނިތަކުގެ ވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ ޕާސްޕޯޓް ސިންގަޕޫރުގައި ހިފަހައްޓައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުގައި ހިފަހައްޓާފައިވާތީ އަނބުރާ ރާއްޖެ ވަޑައިގަތުމަށްޓަކައި ޤާނޫނީ މަރުޙަލާތައް ފުރިހަމަ ކުރެއްވުމުގެ މަސައްކަތްޕުޅު މިހާރު ގެންދަވަނީ ކުރަށްވަމުންނެވެ. ސިޔާމްގެ ޕާސްޕޮޓް ހިފަހައްޓައި ފުރުން މަނާކުރީ ހޯމަ ދުވަހު ކަމަށް ވެއެވެ.

ހިލްޓަން މައްސަލާގައި ސިންގަޕޫރުގެ ހައި ކޯޓުން އަންގާފައި ވަނީ ތިން މަސް ދުވަހުގެ ތެރޭގައި ސަން ކުންފުނިން ހިލްޓަނަށް ފައިސާ ދެއްކުމަށެވެ. ސަން ޓްރެވަލުން ހިލްޓަނަށް 24 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހުނީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލާގައެވެ.

މިމައްސަލައިގައި ސަން ޓްރެވަލުން ހިލްޓަނަށް 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ހުކުމްކުރީ އޮގަސްޓް 17، 2015 ގައެވެ. އަދި އެ އަމުރު ތަންފީޒުކުރަން ހިލްޓަނުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ އޮގަސްޓް 2020ގައި ސަން ޓްރެވަލްގެ އެކައުންޓްތައް ފްރީޒް ކޮށްފައެވެ.

ނަމަވެސް މިހާތަނަށް އެފައިސާ ސަން ކުންފުނިން ހިލްޓަނަށް ދައްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން