ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާރަންދުއަށް ވަޑައިގެން އެރަށު ފެނަކަ އޮފީސް އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

މިއަދު ހުޅުވި ފެނަކަ އޮފީސް އިމާރާތުގައި 30 މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެއެވެ. ފެނަކައިގެ މަސައްކަތްތައް ކުރުމަށް މީގެކުރިން ބޭނުންކުރަމުން ގެންދިޔައީ 30 އަހަރު ކުރިން އަޅާފައިވާ ޢިމާރާތެކެވެ. އެ ޢިމާރާތުގައި އެއްފަހަރާ މަސައްކަތް ކުރެވެނީ 04 މުވައްޒަފުންނަށެވެ.

މާރަންދޫ ފެނަކަ އައު އޮފީހުގައި ރިސެޕްޝަނަކާއި، ލޮބީ އޭރިއާ އާއި، މީޓިންގ ރޫމަކާއި، މެނޭޖަރ ރޫމާއި، ޓެކްނިކަލް ސްޓާފް ރޫމާއި، ރެސްޓް ރޫމަކާއި، ޕޭންޓްރީ އާއި، ފާހާނާ ހިމެނެއެވެ.





ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން