މާލޭގެ މަގުތައް މަރާމާތުކުރަން މާލެ ސިޓީ ކައުންސިލުގެ 2024ވަނަ އަހަރުގެ ބަޖެޓްގައި ހިމަނަން އެކައުންސިލުން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކޮށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 111ވަނަ ރަސްމީ އާންމު ޖަލްސާގައި މިއަދުއެވެ. މި ޖަލްސާގައި ނިންމާފައިވަނީ މާލެ ސިޓީގެ ހަނި އަދި މެދު ސައިޒުގެ މަގުތައް އަލުން އެއްވަރުކޮށް ކާނުތައް އައުކޮށް ބަދަލުކޮށް މަރާމާތު ކުރުމަށްކަމަށް ސިޓީކައުންސިލުން ބުނެއެވެ.

'މާލެ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް'ގެ ނަމުގައި މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ދެމެދު ސޮއިކުރި އެއްބަސްވުން އޮއްވައި ޕްލޭނިން މިނިސްޓްރީން މަގު ހެދުމުގެ ތެރެއަށް ވަދެ ކައުންސިލާއި އާރްޑީސީ އާއެކު ހަދާފައި އޮތް އެއްބަސްވުން މީގެ ކުރިން ވަނީ ބާތިލުކޮށްފައިކަން ސިޓީކައުންސިލުން ފާހަގަކުރެއެވެ.

މާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތްތަކަކީ މިދައުރުގެ ކައުންސިލުން ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއްކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން