އިދިކޮޅު ލީޑަރ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކޮށް, އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ގޮތް ހަނދައިދިނުމަށް ގޮވާލުމަށް މިއަދަށް އިންތިޒާމްކުރި ހިނގާލުން ފަސްކޮށްފިއެވެ.

ޕީޕީއެމްއިން މިއަދު ބުނީ "ދިވެހީންގެ ސުލުހަވެރި ހިނގާލުން" ފަސްކޮށްފައިވަނީ މޫސުން ތަންނުދޭތީ ކަމަށެވެ. ނަމަވެސް ހިނގާލުން ދެން ބާއްވާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ލީޑަރޝިޕްގެ ބައެއް ބޭފުުޅުން އިއްޔެވެސް ވަނީ ޖުމްހޫރީ މައިދާނަށް އެއްވެފައެވެ. ނަމަވެސް މުޒާހަރާކުރުން މަނާ ސަރަހައްދެއްގައި މުޒާހަރާކުރުމުން އެފަރާތްތައް ކުޑަވަގުތުކޮޅަކަށް ފުލުހުންގެ ބަންދުގެ ދަށަށް ގެންދިއުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

އެ ބޭފުުޅުން ޖުމްހޫރީ މައިދާނަށް އެއްވީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލުމާއެކު ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު ވާދަކުރަން ފުރުސަތު ހޯދަން ބާރުއެޅުމަށެވެ.

ޕީޕީއެމްގެ ބޮޑު ހިނގާޅުން ފަސްކޮށްފައިވާއިރު މިއަދު މާލެއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން